މާލޭ ސަރަހައްދުން ދިރާގުގެ އިންޓަނެޓް ކެނޑިއްޖެއެވެ.
ދިރާގުން މައުލޫމާތު ދިން ގޮތުގައި ދިރާގުގެ އިންޓަނެޓް މައްސަލަ ޖެހިގެން އެ މައްސަލަ ވަނީ ފަހުން ރަނގަޅު ކުރެވިފައެވެ.
ދިމާވާ ޓެކްނިކަލް މައްސަލަތައް ވީ އެންމެ އަވަހަށް ރަނގަޅު ކުރަމުން ގެންދާނެކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.
އިންޓަނެޓްގެ މައްސަލަ ޖެހެން ފަށާފައިވަނީ ހުކުރު ދުވަހުގެ ރޭ ގަޑިން 6:30 ހާ އިރުއެވެ.