އުމަރު ނަސީރު / ތޭރަ އޮންލައިން
ސިޔާސީ
މަޑުކަށި ވެގެން ގައުމުވީ ހަލާކު: އުމަރު
Mariyam Isaadha
މަރިޔަމް އިސާދާ
30 އޭޕްރީލު 2025
މާލެ ސިޓީ

މަސްތުވާ ތަކެތީގެ މައްސަލަ ހައްލުވާނީ މަރުގެ އަދަބު ދީގެން ކަމަށް ބުނާ ބުނުމާ ދެކޮޅު ހަދާ، އެއީ ހަރުކަށިވުން ކަމަށް ބުނާ މީހުންނަށް އުމަރު ނަސީރު ރައްދު ދެއްވައިފިއެވެ.

ޗެނަލް13 ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މަސްތުވާ ތަކެތީގެ ސަބަބުން މުޅި މުޖުތަމައު މިއަދު ހަލާކުގެ ތެރެއަށް ވެއްޓިގެން ގޮސްފައިވާ ކަމަށާ ޖީލުތަކެއް އޭގެ އަވައިގައި ޖެހިގެން މުޅި ހަޔާތް ބަރުބާދު ކުރަމުންދާ ކަމަށެވެ.

އުމަރު ވިދާޅުވީ މަސްތުވާ ތަކެތީ ހުއްޓުވަން ކުރަން ޖެހޭ ދެ ކަމެއް އޮތް އިރު އޭގެ ތެރެއިން އެންމެ މުހިއްމު ކަަމަކީ އެ ތަކެތި އެތެރކުރުން ހުއްޓުވުން ކަމަށާ އެގޮތުން އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭން ޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެއީ ހަރުކަށިވުން ކަމަށް ބައެއް މީހުން ތަރުޖަމާ ކުރި ނަމަވެސް މަޑުކަށިވެގެން ނުވަތަ ވެރިން މާ މަޑުމައިތިރި ކަމާ އެކު އެކަންކަން ހައްލުކުރަން ހަދައިގެން މުޅި ގައުމު މިއަދު ހަލާކުވެއްޖެ ކަމަށެވެ.

އުމަރު ވިދާޅުވީ ގައުމުގައި މިއަދު ކަންކަން ހަރުދަނާ ކޮށް ފިޔަވަޅު އަޅަން ހުރި މުއައްސަސާތައްވެސް ހުރީ މުސްތަގިއްލުކަން ގެއްލި އަޅުވެތިކަމުގެ ތެރެއަށް ޣަރަގުވެފައި ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved