May 1, 2026
Advertisement
މަސައްކަތްތެރިންގެ ދުވަހުގައި ބޭއްވި ހިނގާލުމުގެ ތެރެއިން
މަސައްކަތްތެރިންގެ ދުވަހުގައި ބޭއްވި ހިނގާލުމުގެ ތެރެއިން / ސަން އޮންލައިން

މަސައްކަތްތެރިންގެ ހައްގުގައި ނިކުމެ އަޑު އުފުލާ ހިނގާލުމެއް ބާއްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
May 2, 2025, 01:48 AM
މާލެ ސިޓީ

މަސައްކަތްތެރިންގެ ހައްގުގައި ނިކުމެ އަޑު އުފުލާ ހިނގާލުމެއް ބާއްވައިފިއެވެ.

Advertisement

ބުރާސްފަތި ދުވަހުގެ ހަވީރު 4:00ގައި ރަސް ފަންނުން ފެށި އެ ހިނގާލުން ކުރިއަށް ގެންދަން އިންތިޒާމުކުރި ފަރާތްތަކުން ފުރަތަމަ އޮތީ މަޖީދީ މަގުންނެވެ. އެ ހުއްދަ ފުލުހުން ހިނގާލުމުގެ ބައިވެރިންނަށް ދީފައިވީ ނަމަވެސް އެންމެ ފަހު ވަގުތު ފުލުހުން ވަނީ ކުރިން ދިން ހުއްދައަށް ބަދަލު ގެނެސް އަމީނީ މަގަށް ހިނގާލުމުގެ ރޫޓު ބަދަލުކުރަން އަންގާ މަޖީދީ މަގު ބަންދުކޮށްފައެވެ.

އެގޮތުން މި ރެލީ ރާވާފައި އޮތީ ރަސްފަންނު ސަރަހައްދުން ފަށައި، މަޖީދީ މަގުން އިރަށް ހިނގައި އާޓިފިޝަލް ބީޗަށް ނިންމާލާ ގޮތަށް ނަމަވެސް، ފުލުހުން އައިސް ވަނީ ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ބެރިކޭޑު ޖަހައި ރެލީއަށް ހުރަސް އަޅާފައެވެ. އެގޮތުން ރެލީއަށް ތައްޔާރުވެ ހިނގައިގަތުމާ އެކު ބެރިކޭޭޑު ޖަހައި ފުލުހުން ވަނީ ރެލީއަށް ހުރަސް އަޅާފައެވެ. ފުލުހުން ހުއްދަ ބަދަލުކުރީ ކުއްލި ގޮތަކަށް ކަމަށް މުޒާހަރާ އިންތިޒާމު ކުރާ މީހުން ބުނެފައިވެއެވެ. އަދި ފުލުހުން ޣައިރު ގާނޫނީ އޯޑަރަށް ތަބާނުވުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

ބެރިކޭޑު ޖަހާ މަޖީދީ މަގު ބަންދުކުރުމުން މުޒާހަރާގެ ބައިވެރިން ވަނީ ރޫޓު ބަދަލުކޮށް އަލުން މުޒާހަރާ ފެށުމަށް ފަހު ނިންމާލީ އާޓިފިޝަލް ބީޗަށެވެ.

މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން އަންނަނީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ރެލީގައި ގޮވައިލަމުންނެވެ. އެ މީހުން އަޑު އުފުލަމުން ދަނީ މިވަގުތު ރަސްފަންނު ސަރަހައްދުގައެވެ.

ޕޯޓް ވޯޯކާސް ޔޫނިއަނުން އެމްޕީއެލްގައި މަސައްކަތުގެ މާހައުލުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލައިފައިވެއެވެ.

ރިސޯޓު މަސައްކަތެރިންނަށް ތުނބުޅި ބެހެއްޓޭނެ ގަވާއިދު ހެދުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަނުން ގޮވައިލަމުންދާއިރު، ޑްރައިވާސް އެސޯސިއޭޝަނުން ޓެކްސީ ޑްރައިވަރުންގެ މަސައްކަތް މި ސަރުކާރުން ނެތިކޮށްލާފައިވާ ކަމަށްވެސް ގޮވައިލިއެވެ.

މޭޑޭ ރެލީގައި އެކި ދާއިރާތަކުގެ ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޑްރައިވާސް އެސޯސިއޭޝަން، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ޕޯޓް ވޯކާސް ޔޫނިއަން ވެސް ހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved