ޑރ ޖަމީލު / ތޭރަ އޮންލައިން
ސިޔާސީ
ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ލައިސެންސެއް ނޫން ރައްޔިތުންގެ ހައްގަށް އަރައިގަތުމަކީ: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
01 މޭ 2025
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވަޑައިގެންނެވުމަކީ ރައްޔިތުންގެ ހައްގަށް އަރައިގަތުމަށް ލިބޭ ލައިސަންސެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޑރ ޖަމީލު ވަނީ ހައްވާ ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރަން ކޮމިޝަނެއް ރައީސް މުހައްމަދު މުއިއްޒު އުފެއްދެވުމުން އެއީ މާ މޮޅުކަމެއް ކަމަށް ގައުމުގެ ގިނަ ބަޔަކު ދެކުނު ނަމަވެސް މިތާނގާއި ރޫލު އޮފް ލޯ ނުހިނގާކަން ސުޕްރީމމު ކޯޓުގެ ފަނޑިޔާރުންތަކަކާ މެދު ރައީސް މުއިއްޒުގެ ސަރުކާރުން ކަންކުރި ގޮތުން ހާމަވާ ކަމަށެވެ.

އެގޮތުން ސުޕްރީމު ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް މައްސަލަތަކެއް ފެންމަތިކޮށް ޖޭއެސްސީއިން މައްސަލަ ވެސް ބަލަން ފެށުމަށް ފަހު އެއްވެސް ފަނޑިޔާރަކަށް ދިފާއުވުމަށްވެސް ފުރުސަތު ނުދިން ކަމާ އަދި އެ ފަނޑިޔާރުންގެ އެތައް ހައްގަކަށް ސަރުކާރުން އަރައިގެން ކަން ޑރ ޖަމީލު ފާހަގަކުރެއްވިއެވެ.

ޑރ ޖަމީލު ވަނީ އެ ފަނޑިޔާރުންގެ ތެރޭގައި ތިއްބެވީ ނަޒާހަތްތެރިކަން ބޮޑު ބޭފުޅުން ކަމަށާ އެގޮތުން އަޒްމިރަލްދާއަކީ މުއިއްޒު ފަދައިން ނޫމަޑި މައްސލަތައް ފަދަ މައްސަލައިގައި ފައިސާ ނަންގަވައިގެން ހަނު ހުންނަވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވިއެވެ. އަދި ފަނޑިޔާރު މަހާޒުއަކީ ގުރުއާނުގެ ތަފްސީރު ލިޔުއްވާ ދީންވެރި ޒުވާނެއް ކަމަށާ އެހެންކަމުން އެ ފަދަ ސޯލިހު ބޭފުޅުންތަކެއްގެ ހައްގުތަކަށް ރައީސް މުއިއްޒު އަރާވަޑައިގެން ހުންނަވާ އުފެއްދެވި ކޮމިޝަނަކުން އަދި އިންސާފު މީހަކަށް ލިބިދާނެ ކަމަށް ގަބޫލުކުރުމަކީ ކުށް ހީއެއް ކަމަށްވެސް ޑރ ޖަމީލު ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved