March 10, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

މަގޫދޫގައި އަޅަން ނިންމި އެއާޕޯޓު ނިލަންދޫއަށް ބަދަލުކުރީ ރައީސްގެ އާއިލީ ބޭނުމަށް: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 2, 2025, 11:06 PM
މާލެ ސިޓީ

މަގޫދޫގައި އަޅަމުން ދިޔަ އެއަރޕޯޓް ނިލަންދުއަށް ބަދަލުކުރަން ނިންމި ނިމްމުން އެއީ ކަޑައެޅިގެން ރައިސް ޑރ. މުޙައްމަދު މުއިއްޒުގެ އަމިއްލަ އާއިލީ ބޭނުމަކަށް ނިންމާފައިވާ ނިންމުމެއްކަމަށް ރައީސް އަބްދު ﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަގޫދޫ އެއަރޕޯޓުގެ ޕުރޮޖެކްޓަކީ މިހާތަނަށް އަށްޑިހަ ޕަސެންޓު މަސައްކަތް ނިމިފައިވާ ޕޮރްޖެކްޓަކަށް ވާއިރު ދިހަވަރަކަށް މިނިޓުގެ ރާސްތާއަކުން ދަތުރުކުރެވޭ ނިލަންދޫގައި އެއަރޕޯޓް ބަދަލުކުރުމަކީ މަގޫދޫ ރައްޔިތުންނާއި މެދު ކުރެވޭ ވަރަށް ބޮޑު ނާއިންސާފީ އަމަލެއް ކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އެއާރޕޯޓް މަސައްކަތް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ޗެނަލް13އިން ގެނެސްދިން މަޑިސީލަ ޕްރޮގުރާމުގައި މަގޫދު ރައްޔިތުންގެ އިހުސާސާ ބަސް ގެނެސްދިނުމުން ކަމާ އަދި އެއާއި އެކު ޖެހިގެން އައި ދުވަހު ސަރުކާރުން ޓީމެއް އެ ޕްރޮޖެކްޓް ދިރާސާކުރަން ފޮނުވުމުގެ އެއްވެސް މާނައެއް ނެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އެހެންމެ މިހާ ބޮޑު ޕޮރޮޖެކްޓެއް ކުރިޔަށްދާއިރު ސަރުކާރުން ކުރީޒަމާނުގައި އިންތިހާބާއި ދިމާކޮށް ކަޑަޖަހަން މީހުން ފޮނުވާ އުސޫލުން މިހުން ފޮނުވުމުގެ ބޭނުމެއް ނެއްކަން ވެސް މިޖަލަސާގައި ރައިސް ޔާމިން ވަނީ ފާހަގަ ކުރައްވާފައެވެ.

މަގޫދޫ ރައްޔިތުންނަށް ހިތްވަރު ދޫކޮށްނުލުމަށާއި އަދި އެއަރޕޯޓު އޮންނަން އެންމެ ރަގަޅު ރަށަކީވެސް މަގޫދޫ ކަމަށް މިޖަލްސާގައި ރައީސް ޔާމިނު ވަނީ ވިދާޅުވެފައެވެ. އަދި ހަމައެއާއިއެކު މި ޕްރޮޖެކްޓަކީ ފަށާފައިވާ މަސައްކަތެއް ކަމުން މިހާހިސާބައް ގެންދިއުމަށްފަހު ހުއްޓާލުމަކީ ސަރުކާރުން ކުރެވޭ ބޭކާރު ހަރަދެއްކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved