ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން
ސިޔާސީ
ދިވެހި ރައްޔިތުންނާއި ދޭތެރޭ މި ސަރުކާރުން އަމަލު ކުރަމުން މިދަނީ އެންމެ އިންސާފުވެރި ގޮތަކަށް ނޫން
Mariyam Ibrahim
މަރިޔަމް އިބްރާހިމް
03 މޭ 2025
މާލެ ސިޓީ

ދިވެހި ރައްޔިތުންނާއި ދޭތެރޭ މި ސަރުކާރުން އަމަލު ކުރަމުން މިދަނީ އެންމެ އިންސާފުވެރި ގޮތަކަށް ނޫން ކަން ރައިސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ރައިސް ޔާމިން ވިދާޅުވެފައި ވަނީ ދިވެހިން ގެ ހައްޤުތަކަށް މިސަރުކާރުން އަރައިގެން ފައި ވާކަމަށާއި

މި ގައުމުގައި ކޮރޮޕްޝަންގެ އަމަލު ތަކެއް މިސަރުކާރަކުން ހުއްޓުވައެއް ނުލެވުނު ކަމަށާ ދިވެހި ރާއްޖެއިން އިންޑިޔާ ސިފައިން ނުބޭލުނު ކަމަށްވެސް މިޖަލްސާގައި ވަނީ ވިދާޅުވެފަ އެވެ.

ހަމަ އެހެންމެ ނުޙައްގުން ބަހާލި ގޯތިތަކާއި މެދު މިސަރުކާރައް ފިޔަވަޅެއް ނޭޅުނު ކަމަށް ވެސް ހާމަކޮށްފައި ވެއެވެ.

މިހާރު މިރާއްޖެދަތުރުކުރާ މިސްރާބު ކަމަކުނުދޭ އެއީ އަޅުގަނޑުމެންނަށް ގެއްލުނު ކަނޑެއް ހޯދައެއް ނުދިން، އިންޑިޔާ ސިފައިން މިތަނަކުނުް ނުބޭލުނު، ޤާނޫނެއް ތަންފީޒެއް ނުކޮށްދެވުނު، ރައްޔިތުންގެ މުދާތަކަށް އަރައިގަންނަނީ، ކޮރޮޕްޝަނެއް ނުބެލުނު، ވައްކަން ކުރި އެއްވެސް މީހަކާއި ދޭތެރޭ ފިޔަވަޅެއް ނޭޅުނު، ނުހައްޤުން ބަހާލި ގޯތި ތަކާއި ދޭތެރޭ ފިޔަވަޅެއް ނޭޅުނު، ނުވިތާކަށް ސުންނަތް ޤާއިމް ކުރަން މިބުނަނީ އިހުލާސްތެރިވީއެއްނޫނޭ، އަޕަތުރޭގެ ކޮރަޕްޝާނުގެ ވާހަކަބުނީމަ ބުނީ ތިއެއްނޫނޭ އިހުލާސްތެރި ވުމަކީ، ދެން ކޮން ވާހަކައެއް އިތުރަށް އަޅުގަނޑުމެން ދައްކަން އޮތީ، މިކަހަލަ ވާހަކަ އަޅުގަނޑުމެން މިދައްކަނީ އެހެން ވީމަ މިއަށް ރައްދު ދެއްވާ އަޅުގަނޑުމެން ގެ ވާހަކައްށް ރައްދުވީ ގަރުދިޔަ ޖަގަހައިން، އެމީހުން ނޫން ތޯ ބުނީ ރައްޔިތުން ގަރު ދިޔަކައިގެން ތިބޭށޭ ، ތިމަންނަމެން ތިތޭނީ ތިމްންނަމެން ކައިތިބި އެއްޗްކުންނޭ ، މިހާރު މިތިބި އަޅުގަނޑު މެންގެ ޒަރޫރަތު ލާޒިމް ކޮށްފި ގަރުދިޔަޔާައި ހަމައްށް އަޅުގަނޑުމެން ތިރިވާން އެހާ ހާލުގަ ދިވެހިރައްޔިތުން މިތިބީ

- ރައީސް ޔާމީން

މިޖަލްސާގައި އިތުރަށް އެމަނިކުފާނު ވިދާޅުވެފައި ވަނީ ދިވެހިރައްޔިތުން ގެ ފައިސާ ސަރުކާރުން ހޭދަކުރަން ޖެހޭނީ ރައްޔިތުން އެދޭކަން ކަމުގައި ކަމަށާއި މިސަރުކާރުން އެކަންތައްތައް ކުރަމުންގެންދަނީ އެގޮތަކަށްނޫން ކަމަށެވެ. އެހެން ކަމުން މިކަންކަން ހަމައަކަށް އަޅުވަން ޖެހޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ރައިސް ޔާމިނުގެ ސަރުގެ ފަސް އަހަރު ތެރޭގައި ކަންތައްތަކެއް ކުރެވިފައި ވާކަމަށް ރައްޔިތުން ނައް ގަބޫލުކުރެވޭ ކަމުގައި ވާނަމަ އެކަމަށް ހަމްދުކޮށް އެމަނިކުފާނުވަނީ ރައްޔިތުން ނަށް ޝުކުރުވެރި ވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved