އުމަރު ނަސީރު / ތޭރަ އޮންލައިން
ހަބަރު
ރައީސް ޑރ މުއިއްޒަށް ދެވަނަ ދައުރެއް ކަށަވަރު ނުކުރެވޭނެ: އުމަރު
Hussain Nawaf
ހުސައިން ނަވާފް
03 މޭ 2025

ރައީސް ޑރ މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ކަށަވަރު ނުކުރެވޭނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއެްޖެ އެވެ.

އުމަރު މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް13 އިން ގެނެސްދޭ ނިއުސް ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިއަދު ޕްރިފަރެންޝަލް ވޯޓިންގ ނިޒާމަށް ދާން ސަރުކާރުން މަސައްކަތް ކުރަނީ ފުރަތަމަ ބުރުގައި އެންމެ ކުރީގައި އޮންނަ މީހާއަކީ އިންތިހާބުވީ މީހާކަމަށް ކަނޑައެޅުމަށްކަމަށް އުމަރު ނަސީރު ވިދާޅުވި އެވެ. ނަމަވެސް އެފަދަ ނިޒާމެއްގައިވެސް އެފަދަ ގޮތަކަށް ނުނިންމޭނެކަމާއި ޕްރިފަރެންޝަލް ވޯޓިންގ ނިޒާމުގައިވެސް މެޖޯރިޓީއެއް ހޯއްދަވަން ޖެހޭނެކަމަށް އުމަރު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ކޮންތާކުންތޯ ދެވަނަ ދައުރެއް ހޯއްދަވާނީ؟ މިހާ އަވަހަށް ޑިސްކްރެޑިޓްވެ އަންޕޮޕިއުލަރވި ސަރުކާރެއް އަދި ދިވެހިރާއްޖޭގައި އިންތިހާބެއް ނުވޭ. އެހެންވީމަ ރައީސް މުއިއްޒު ދެވަނަ ދައުރެއް ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެ ތިފަދަ އޮޅުވާލުމެއް އޮޅުވާ ނުލާ.

- އުމަރު

އެގޮތުން ރައްޔިތުންގެ މެޖޯރިޓީއެއް ކޮންމެވެސް ސިފައެއްގައި ވެރިކަން ކުރާ ފަރާތަށް ލިބެން ޖެހޭނެކަމަށް އުމަރުގެ ވާހަކައިގައިވަނީ ފާހަގަ ކުރައްވާފަ އެވެ. އެއީ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާ މީހަކަށް ވާތީކަމަށް އުމަރު ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުން މަސައްކަތް ކުރަނީ ޕްރިފަރެންޝަލް ވޯޓިންގ ނިޒާމަކަށް ދިއުމަށް ނޫންކަމާއި އެއީ އެއް ބުރުން މެޖޯރިޓީ ނުލިބުނަސް އެންމެ ކުރީގައި އޮންނަ ފަރާތެއް ހޮވުމުގެ މަގްސަދުގައިކަމަށް އުމަރު ނަސީރު ތުހުމަތު ކުރެއްވި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved