April 22, 2026
Advertisement
އަލިފާން ރޯވި ބޯޓު
އަލިފާން ރޯވި ބޯޓު / ދި ގާޑިއަން

ޣައްޒާއަށް އިންސާނީ އެހީ ގެންދަމުންދިޔަ ބޯޓަކަށް ސަހްޔޫނީން ޑްރޯން ހަމަލާއެއް ދީފި

Hussain Nawaf
ހުސައިން ނަވާފް
May 3, 2025, 10:46 PM

ޣައްޒާއަށް އިންސާނީ އެހީ ގެންދަމުންދިޔަ ބޯޓެއްގައި އަލިފާން ރޯވެ އެސް އޯ އެސް ނެރެފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި މޯލްޓާގެ އައްސޭރީގައި ސަހްޔޫނީ ޑްރޯން ހަމަލާއެއްގެ ސަބަބުންކަމަށް މަސްދަރުތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.

Advertisement

ފްރީޑަމް ފްލޯޓިލާ ކޯލިޝަން އެފްއެފްސީން ސީއެންއެން އަށް ބުނީ އިންސާނީ އެހީ އުފުލާ ބޯޓުގައި އެކްޓިވިސްޓުން ތިއްބާ އެ ހަމަލާ ދިނީ ރޭގަނޑު ދަންވަރު ކަމަށެވެ.

ނަމަވެސް އެ ހަމަލާ އާއި ގުޅިގެން ސަހްޔޫނީންގެ އަސްކަރިއްޔާއިން ބަހެއް ބުނުމަށް ދަނީ ދެކޮޅު ހަދަމުންކަމަށް މަސްދަރުތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ.

މޯލްޓާގެ ސަރުކާރުން ބުނީ 68 ފޫޓު ދިގު މި ބޯޓުގައި ދަތުރުކުރަމުން ދިޔައީ 16 މީހުން ކަމަށްވާ 12 ފަޅުވެރިންނާއި ހަތަރު ސިވިލް ފަސިންޖަރުން ކަމަށެވެ. ނަމަވެސް އެފްއެފްސީން މީގެ ކުރިން ސީއެންއެންއަށް ބުނެފައިވަނީ އެ އުޅަނދުގައި ތިބީ 30 މީހުން ކަމަށެވެ.

ކޮންޝަސް ކިޔާ ބޯޓު މޯލްޓާއަށް ދަތުރުކުރަމުން ދިޔައިރު، އެ ބޯޓާއި 1،000 މޭލަށް ވުރެ ދުރުގައި އޮންނަ ޣައްޒާއަށް ފުރުމުގެ ކުރިން އެކްޓިވިސްޓުންގެ ބޮޑު ކޮންޓިންޖެންޓެއް ބޯޓަށް އަރަން ޖެހުނު ނަމަވެސް ބަނދަރަށް ނުދެވުނު ކަމަށް އެ ޖަމާއަތުން ބުނެ އެވެ.

ފްލޮޓިލާގެ ލީޑް އޯގަނައިޒާ ތިއާގޯ އަވިލާ ސީއެންއެން އަށް ބުނީ އޭނާ އާއި އެހެން އެކްޓިވިސްޓުން ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އެކުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަށް ދޯންޏެއްގައި ފްލޮޓިލާއަށް ނުކުތް ނަމަވެސް އުޅަނދު ވަށައިގެން ތިބި މޯލްޓާގެ ސީ ގާޑުން ވަނީ އެމީހުން އެ އުޅަނދާ ކައިރިއަށް ނުދެވޭނެ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved