May 4, 2026
Advertisement
މަސައްކަތްތެރިން މަސައްކަތްކުރުމުގައި
މަސައްކަތްތެރިން މަސައްކަތްކުރުމުގައި / ސޯޝަލް މީޑިއާ

ރޯދައިގެ ކުރިން މުވައްޒަފުންނަށް އިނާޔަތް ދިނުމަށް ހަނދާންކޮށްދީފި

Aishath Naja
އައިޝަތު ނަޖާ
Feb 17, 2024, 06:25 PM
މާލެ ސިޓީ

ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ހަނދާންކޮށްދީފިއެވެ.

Advertisement

އެ އޮތޯރިޓީއިން ކުރި އިއުލާނެއްގައި ބުނީ ވަޒީފާއާބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ރަމަޟާން މަސް ފެށުމުގެ ކުރިން 3,000 ރުފިޔާ ދޭންޖެހޭ ކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ރަމަޟާން މަހުގެ އިނާޔަތް ދިންކަމުގައިވިޔަސް، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއިން ހާމަކޮށްފިއެވެ.

ވަޒީފާ ދީގެން މުވައްޒަފުން ގެންގުޅޭ އެންމެހާ ފަރާތްތަކުން ވެސް، ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް ހަނދާންކޮށްދޭކަމަށް އެ އިއުލާންގައި ވަނީ ބުނެފައެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މާރިޗު މަހުގެ 11 ވަނަ ދުވަހެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved