March 10, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީހުގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ފްރޮންޓް އޮފީހުގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ވަޒީރަކު ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން: ރައިސް ޔާމިން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 4, 2025, 08:13 PM
މާލެ ސިޓީ

ރައިސުލް ޖުމްހުރިއްޔާގެ ދަށުން ހުންނަ ވަޒީރަކު ފުލުހުން ގެ މަސައްކަތަށް ހުރަސްއެޅުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމުގައި ކުރީގެރައިސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ރައިސް ޔާމިން މިހެން ވިދާޅުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފް ޖަލްސާގައި ވާހަކަދައްކަމުން ނެވެ.

އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ފުލުހުންނަށް އެބޭފުޅުންގެ މަސައްކަތް ކުރުމުގެ ފުރިހަމަ ބާރު ލިބެންޖެހޭނެ އެވެ.

އަޅުގަނޑު ގަބޫލުކުރަނީ ހަމަގައިމުވެސް ރައިސުލް ޖުމުހުރިއްޔާ އަކު، އޭނަގެ ދަށުގަ ހުންނެވި ވަޒިރަކު މިހާ ބޮޑަށް ތަހުޤީގަށް ހުރަސް އަޅާ ފުލުހުން ގެ މަސައްކަތަށް ހުރަސް އެޅީމަ، އޭނަ އެބަޖެހޭ އެއްފަރާތް ކުރަން.

ރައީސް ޔާމީން

ރައިސް ޔާމިން މިގޮތަށް ވިދާޅުވަމުން ހާމަކުރެއްވީ، ފުލުހުންނަށް ފުލުހުންގެ މަސައްކަތް ކުރުމުގެ ޖާގަ ދޭން ޖެހޭނެ ކަމަށެވެ. ހަމަ އެއާއި އެކު މުއައްސަސާއަށް ބާރުތަކެއް ލިބި މިފަދައަމަލުތަކަށް އިސްވެ އެބޭފުޅުންނަށް ފިޔަވަޅު އަޅަން ކެރޭނީ އެބޭފުޅުންގެ އަތްފައި ގައި ކަސްތޮޅު ނާލުވާ މިފަދަ މައްސަލަ ތަކުގައި ހަރަކާތް ތެރިވާފުލުހުންނާއި ދޭތެރޭ ނޭދެވޭ ފިޔަވަޅުތައް އެޅުން ހުއްޓުމުން ކަމަށެވެ.

ތަހުގީގައް ބަލަން ޖެހިއްޖެ ހާލަތެއްގައި މިނިސްޓަރުންގެ ގެ ކޮޅުތައް ވެސް ބެލުމުގެ ފުރުސަތު ފުލުހުންނަށް ލިބެއް ޖެހޭނެކަމަށް މި ޖަލްސާގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved