ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ / ރައީސް އޮފިސް
ހަބަރު, ސިޔާސީ
ވެރިކަމަށް 533 ދުވަސް ވީއިރު އާރަށަށް 116 ފަހަރު ވަޑައިގަތް؛ މި ވެސް ރިކޯޑެއް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
05 މޭ 2025
މާލެ ސިޓީ

ނޮވެންބަރު 17, 2023 ގައި ފެށުނު ރައީސް މުއިއްޒުގެ ވެރިކަމަށް 533 ދުވަސްވީއިރު އެމަނިކުފާނު ވަނީ އާ ރަށަށް 116 ފަހަރު ވަޑައިގެންފަ އެވެ.

މިކަން ހާމަކުރެއްވީ ރައީސް މުއިއްޒު އެވެ. މި ދަތުރުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ އާންމު ގޮތެއްގައި ހަފްތާއަކު ތިން ދުވަހު އާރަށު ގަޑުވަރަށް ވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ 116 ފަހަރުގެ ތެރެއިން 85 ފަހަރު ވަޑައިގެންނެވީ ފުޓްބޯޅަ ކުޅުއްވުމަށެވެ. މިހާތަނަށް އާރަށަށް ކުރެއްވި 116 ދަތުރަށް ތިން ލޯންޗުގެ ތެލަށް ހަރަދުވެފައި ވަނީ 8 ލައްކަ 44 ހަތަރު ހާސް ރުފިޔާ ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވި އެވެ.

މިފަހުން ރައީސް މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ދިގުވެގެން ގޮސް ދުނިޔޭގެ ރިކޯޑަކަށް ވެގެން އެމަނިކުފާނު ސަޕޯޓަރުން އުފާއެބަ ކުރެ އެވެ. ދުނިޔެއިން މިކަމަށް ބަހެއް ނުބުނި ނަމަވެސް 15 ގަޑިއިރު ދެމިގެންދިޔަ މި ނޫސްވެރިންގެ ބައްދަލުވުން ދިގުވެގެން ރައީސްގެ ބޮޓުން އުފާ ކުރާއިރު އެވެރިންނަށް ރައީސް އާރަށަށް ކުރެއްވި ދަތުރަކީ ރެކޯޑެކޭ ބުނާ ދުވަސް ވެސް ދާތި ގާތެވެ.

ތެދެކެވެ. ރާއްޖޭގެ ރައީސަކު ވެރިކަމުގެ 533 ދުވަހުން 116 ފަހަރު އާރަށަށް ވަޑައިގަތްކަން މިހާތަނަށް އަދި ރެކޯޑް ކުރެވިފަ އެއް ނުވެ އެވެ.

އެހެން ކަމުން ރައީސް މުއިއްޒު ވެރިކަމަށް 533 ދުވަސް ވީއިރު އާރަށަށް 116 ފަހަރު ވަޑައިގަތުން މީ ވެސް ހަމަ ރިކޯޑެކެވެ. ދެން ބާރަށް އަތްޖައްސަވާށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved