

ސަރުކާރުގެ ޓޮލަރެންސް ނެތް މިންވަރު މޭޑޭ މުޒާހަރާއަށް ހުރަސް އެޅި އެޅުމުން ހާމަވާ ކަމުގައި ރައިސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދަޅުވެފައި ވެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ބުރާސްފަރިދުވަހުގެރޭ ޕީއެންއެފް އިން ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަހަރުގެ މޭޑޭ މުޒާހަރާއަކީ އެހެން އަހަރު ތާކަށް ބަލާނަމަ އެހާވަރުގަދަ މުޒާހަރާއެއް ކަމުގައި ޤަބޫލު ނުކުރުރެވޭ ކަމުގައި އެމަނިކުފާނު ބުނެފައި ވެއެވެ.
މިޖަލްސާގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ މި އަހަރަށް ވުރެ ބޮޑަށް މަސައްކަތްތެރިންގެ ހައްޤުތައް ގެއްލިފައިވާ އަހަރެއް ނުވާކަމަށެވެ.
މިސަރުކާރުގައި މިއަހަރަށް ވުރެ ބޮޑަށް މަސައްކަތްތެރިންގެ ހައްޤުތައް ގެއްލިފައި އޮތް އަހަރެއް ނޯންނާނެ، އެއީ ހައްޤުތައް ގެއްލިފަވާކަމަށް މި ދެންނެވީ. މަސައްކަތްތެރިންނަކަށް ކުރާނެ މަސައްކަތެއް ނެތް، ސަރުކާރުގެ މަޝްރޫއުތަކެއް ނުހިނގާ، ހިންގާފައި ހުރި މަޝްރޫތަކަށް ކޮންޓްރެކްޓަރުންނަށް ފައިސާއެއް ނުދޭ، ކުދިކުދި މަޝްރޫއުތައްވެސް ހިނގާފައި ހުރި ކަންތައްތަކަށް ފައިސާއެއްނުދޭ، ލޭން ދޭނަށް ތަންތަނުން ނަގާފައި ހުރި ތަންތަނަކަށް ފައިސާއެއް ނުދޭ.
އެމަނިކުފާނު ފާހަގަކޮށްފައި ވަނީ މިއަހަރަކީ މަސައްކަތްތެރިން އެބޭފުޅުންގެ ޙައްޤު ހޯދުމަށްޓަކައި މުޒާހަރާކުރަން އެންމެ ޖާއިޒު ވެގެންވާ އަހަރު ކަމުގައެވެ.
މޭޑޭ މުޒާހަރާއަކީ މަސައްކަތްތެރިން އެބޭފުޅުންގެ ހައްޤުތަކަށް ވަކާލާތު ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ މޭ މަހުގެ އެެވަނަ ދުވަހު ބާއްވާ މުޒާހަރާއެކެވެ.