ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް / ރައީސް އޮފިސް
ހަބަރު
ނައިބު ރައީސް ގޮވާލެއްވީ ސަރުކާރު ތެރެއިން ކޮރަޕްޝަން ނައްތާލުމަށް!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
06 މޭ 2025
މާލެ ސިޓީ

އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި ރާއްޖޭގައި ކޮރަޕްޝަނަށް ހުޅުވިފައި ދޮރުތައް ނައްތާލަންޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ އޯއައިސީގެ ގައުމުތަކަށް އަމާޒުކޮށްގެން ވިލާ ނޯޓިކާގައި މިއަދު ކުރިއަށް ގެންދާ "ސައުދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ކޮރަޕްޝަން ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ނަތީޖާ ނެރެވޭނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާ އެކު، މިއީ އިންވެސްޓަރުންގެ އިތުބާރު އިތުރުކުރުމަށްވެސް ކުރަން މުހިންމުކަމެއް

- ނައިބު ރައީސް

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިފޯރަމްގެ ތީމެެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ސްޓްރެންތެނިންގ އިންޓަގްރިޓީ އެންޑް ކޮމްބެޓިންގ ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓަރ" ނުވަތަ ކޮރަޕްޝަންގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތްކުރުމުގެ މައްޗަށެވެ.

މި ފޯރަމްގައި އޯއައިސީގެ މެންބަރު ގައުމުތަކުގެ މަންދޫބުންނާއި، ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި، ބައިނަލްއަގްވާމީ އިދާރާތައް ހިމެނޭހެން 170 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved