March 19, 2026
Advertisement
-
- / ތޭރަ އޮންލައިން

ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީން ފޮނުވި ރިޕޯޓު ދިރާސާ ކުރަން ތާވަލް ކުރުމަށްފަހު ކޮމިޓީ ބައްދަލުވުން ކެންސަލް

Hussain Nawaf
ހުސައިން ނަވާފް
May 6, 2025, 11:07 PM

ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކި ކުރުމަށް ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ފޮނުވި ރިޕޯޓު ދިރާސާ ކުރަން މިއަދު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ތާވަލް ކުރުމަށްފަހު ބައްދަލުވުން ކެންސަލްކޮށްފިއެވެ.

Advertisement

ކޮމިޓީގެ ބައްދަލުވުން ފުރަތަމަ ތާވަލުކުރީ މިއަދު ހެދުނު 11:00 އަށެވެ. ފަހުން އެ ބައްދަލުވުން ބާއްވާ ގަޑި މެންދުރު 1:00 އަށް ބަދަލުކުރި ނަމަވެސް ކޮމިޓީ ބައްދަލުވުން ކެންސަލްކުރިކަމަށް މަޖިލީހުގެ މީޑިއާ ޓީމުން 12:59 ގައި ވަނީ ހާމަކޮށްފައެވެ.

އަދި މިއަދުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން ކެންސަލް ކުރި ސަބަބެއް ހާމަ ނުކުރާކަންވެސް ފާހަގަ ކުރެވެއެވެ.

ދެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމީ އާދިއްތަ ދުވަހެވެ. އެހެންކަމުން އެ މައްސަލަ އިއްޔެވަނީ މަޖިލީހަށް ހުށަހަޅައި ކޮމިޓީ މަރުހަލާއަށް ފޮނުވާލާފައެވެ.

ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ނިންމީ ޖޭއެސްސީން ފޮނުވި ރިޕޯޓާއި ލިޔެކިޔުންތައް ދިރާސާ ކުރުމަށް ފަހު އެ މައްސަލައިގެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ބޭއިންސާފުން ކަމަށް ވިދާޅުވެ ހަގީގަތް ހާމަ ކުރެއްވުމުގެ ފުރުސަތަކަށް އެދިފައިވާކަން ފާހަގަ ކުރެވެއެވެ.

ފަނޑިޔާރުންނަށް ފުރުސަތު ދިނުމާމެދު ކޮމިޓީން އަދި ގޮތެއް ނުނިންމާކަންވެސް ފާހަގަ ކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved