March 10, 2026
Advertisement
ޕީއެންއެފް ގެ ޖލްސާގެތެރެއިން: ރައިސް ޔާމިން
ޕީއެންއެފް ގެ ޖލްސާގެތެރެއިން: ރައިސް ޔާމިން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

14 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފޭރާމާއިބެހޭ އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވޭ: ރައިސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 7, 2025, 03:36 AM
މާލެ ސިޓީ

ރައިސް މުއިއްޒު ނޫސްވެރިންނާއި 14 ގަޑިއިރު، ބައްދަލު ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ފޭރާމާއި ބެހޭއެއްވެސް ވާހަކައެއް ދައްކަވާފައި ނުވާކަމަށް ރައިސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފް އޮފީހުގައި މިރޭ ކުރިޔަށް ގެންދަމުން ދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މޭމަހުގެ 3 ވަނަ ދުވަހު ރައިސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނޫސްވެރިންނާއި ބައްދަލު ކޮށް ވާހަކަ ފުޅުދެއްކެވި އިރު، ނޫސްވެރިންގެ އެސުވާލުތަކަކީ ރައްޔިތުން އެމަނިކުފާނާއި ކުރަން ބޭނުން ވާސުވާލުތަކެއް ކަމުގައެވެ. އެހެން ނަމަވެސް އެ 14 ގަޑިއިރު ތެރޭގައި ތަކުރާރުކޮށް ނޫސްވެރިންނަށްވެސް އަދި ރައްޔިތުން ނައްވެސް އަޑު އިވުނީ އެއް ވާހަކަތަކެއް، އަދި އެއް ޖަވާބު ތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

14 ގަޑިއިރު ތެރޭގައި ތަކުރާރުކޮށް، އަދި ކޮބައިތޯ އެއީ ކެބިނެޓް ވަޒީރުންވެސް އޮންލައިކޮށް ރިއަލް ޓައިމް ގަ ގުޅިފަ، މައުލޫމާތު ދެއްވަމުން ގެންދެވީ، ރައިސް އޮފީހުގެ ޓީމް ތައްވެސް މިކުރެވޭސުވާލައް ރިއަލް ޓައިމްގައި މައުލޫމާތު ފޯރު ކޮށްދެމުން ގެންދެވި ޖަލްސާއެއް މީ އެކަމަކު މިހުންނެވީ ދަތިފުޅުވެގެން ތަކުރާރު ކުރައްވާފަ..

ރައިސް ޔާމިން

ނޫސްވެރި ބައްދަލުވުމުގެ ހަޤީގީ މަގުސަދު ހާސިލު ނުވާކަމުގައި ބުނެ އެމަނިކުފާނު ވިދާޅުވީ މި ބައްދަލު ވުމަކުން ރައްޔިތުންނަށް ސާފުވި އެއްވެސް މައުލޫމާތެއް ނެއްކަމަށެވެ. ރައިސް މުއިއްޒު ހަމައެކަނި ދެއްވި ޖަވާބުތަކަކީ އެމަނިކުފާނަށް ނޭގޭ ކަމަށް، ދެނަހުރިކަމެއް ނޫންކަމުގައި މިފަދަ ދޯދިޔާ، ޖަވާބުތަކަކީ ރައީސެއްގެ ފަރާތުން ޤަބޫލުނުކުރެވޭ ވާހަކަތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved