ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ރައީސް މުއިއްޒުގެ ލަންބާ ޗޯޅާ ނޫސްވެރިންގެ ބައްދަލުވުމުން ރައްޔިތުންނަށް ގެއަށް ގެންދަން ލިބުނީ ކޮން އެއްޗެއްތޯ: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
06 މޭ 2025
މާލެ ސިޓީ

މިދިޔަ ހޮނިހިރު ދުވަހު 14 ގަޑިއިރަށް ދެމިގެން ދިޔަ ރައީށް ޑރ މުހައްމަދު މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމުން ރައްޔިތުންނަށް ލިބުނު އުއްމީދީ ކަމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ

ޕީއެންއެފުން އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމަށް ފެކުއަލް ހެއްކާ އެކު ނޫސްވެރިން ގޮސް ސުވާލު ކުރުމުން ވެސް ފެނިގެން ދިޔައީ ރައީސް މުއިއްޒު އެކަންކަން ދޮގުކުރަން މަސައްކަތް ކުރި މަންޒަރު ކަމަށާ އަދި ނޫސްވެރިން ދޫ ނުދިނުމުން ދެން ފެނިގެން ދިޔައީ އާދައިގެ މަތިން ރައީސް މުއިއްޒުގެ އަމަލުފުޅެއް ކަމަށްވާ ޔޫޓާން ނެންގެވި މަންޒަރު ކަމަށެވެ.

އެމަނިކުފާނު ވަނީ ނޫސްވެރިންގެ ބައްދަލުވުން ދިގުވެގެން ދިޔަ ދިއުމާ ގުޅިގެން ޕީއެންސީއާ އަދި ސަރުކާރު ޕްރޮމޯޓުކުރާ ބޮޓުން މާމޮޅުކަމަކަށް ހަދާ އެ ވާހަކަ އިޝްތިހާރުކުރުަމުންދާ ދިއުމަށް ވެސް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ، އެއްޗެއް ދިގުވުމަކީ އޭގައި އޮއްޓަރު ހުރުމެއް ނޫން ކަމަށާ 14 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ ދޭސީ ޖަވާބުތަކެއް ކަމަށެވެ.

ރައީސް މުއިއްޒުގެ ކަންކަން ހުތުރުވެގެން ދަނީ ހުރިހާ ކަމެއްގައި ޔޫޓާން ނަގާތީ. ރައީސް މުއިއްޒުގެ ލަންބާ ޗޯޅާ ނޫސްވެރިންގެ ބައްދަލުވުމުން ރައްޔިތުންނަށް ގެއަށް ގެންދަން ލިބުނީ ކޯއްޗެއްތޯ؟

- ރައީސް ޔާމީން

ނޫސްވެރިންގެ ބައްދަލުވުމުގައި ފެނިގެން ދިޔައީ ރައީސް މުއިއްޒުގެ ކެތްެރިކަން ވެސް ނެތް މިންވަރު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved