February 25, 2026
Advertisement
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު / ރައީސް އޮފިސް

ދިގު ނޫސްވެރިންގެ ބައްދަލުވުމުން މުނާފިގުންގެ ކިބައިން ފެންނާނެ ތިން އަލާމާތެއް ރައީސްގެ ކިބައިން ފެނުނު: އިލްމުވެރިން

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 7, 2025, 08:59 PM
މާލެ ސިޓީ

މިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި 15 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުން މުނާފިގުންގެ ކިބައިން ފެންނާނެ ތިން އަލާމާތެއް އެމަނިކުފާނު ކިބައިން ފެނުނު ކަމަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް ބޭއްވި ދިގު ނޫސްވެރިންގެ ބައްދަލުވުމާއި ގުޅޭ ގޮތުން ސަރުކާރުގެ އަމަލުތަކާއި މެދު ކަންބޮޑުވެ ސިޔާސީ ގޮތުން އަނިޔާއެއް ދީފާނެ ކަމަށް ބަލާ ނަންނުޖެހުމަށް ޝަރުތުކޮށް "ޗެނަލް ތޭރަ" އަށް މައުލޫމާތު ދެއްވި ދީނީ އިލްމުވެރިއަކު ވިދާޅުވީ ދޮގުހެދުން އެއީ ވެރިއެއްގެ ކިބައިން އަދި އެހެން ވެސް އިންސާނެއްގެ ކިބައިން ފެންނާނެ އެންމެ ނުރައްކާތެރި އެއް ސިފަ ކަމަށެވެ.

ޝެއިހް ވިދާޅުވީ ދޮގަކީ ހުރިހާ ނުބާ ކަމެއްގެ ތަޅުދަނޑި ކަމަށެވެ. ޝެއިހް ވިދާޅުވީ މުނާފިގުންގެ ކިބައިން ފެންނާނެ ތިން އަލާމާތެއްވާ ކަމަށެވެ. އެއީ (އެ ތިން އަލާމާތަކީ) ވާހަކަ ދައްކާނަމަ ދޮގުހަދާނެ އެވެ. ވައުދެއްކޮށްފިނަމަ އެވައުދަކާ ޚިލާފުވާނެއެވެ. އަދި އަމާނާތަކާ ހަވާލުވެއްޖެނަމަ އެ އަމާނާތަކަށް ޚިޔާނާތްތެރިވާނެ އެވެ.

ޝެއިހް ވިދާޅުވީ ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ގިނަ ދޮގުތަކެއް އެމަނިކުފާނުގެ ދުލުން ހަދަމުން ދިޔަތަން ރައްޔިތުންނަށް އިވުނު ކަމަށެވެ. އަދި އެމަނިކުފާނުގެ ގިނަ ވައުދުތަކަށް މިއަދު ފުރަގަސްދީފައިވާކަން ހާމަ ވެއްޖެ ކަމަށެވެ. އަދި ﷲ ހަވާލުކުރެއްވި ވެރިކަމުގެ އަމާނާތާ މުއިއްޒު ހިޔާނާޓްތެރި ވެއްޖެ ކަމަށެވެ.

އިތުރު އިލްމުވެރިއަކު ބުނީ ސަރުކާރުގެ ސިޔާސަތުތަކާއި ގައުމުގައި ހުރި މައްސަލަތަކާއި ހިންގާ މަޝްރޫއުތަކާއި އަމާޒުވާ ފާޑުކިޔުންތަކާއި ސޯޝަލް މީޑިޔާގައި ވެސް ދައުރުވަމުންދާ އެކި ކަންކަމާ ގުޅުވައި އެކި ސުވާލުތައް ނޫސްވެރިން އަމާޒުކުރި ސުވާލުތަކަށް ރައީސް ދެއްވި ޖަވާބުގައި "ދޮގު" ކަން ރައްޔިތުން ގަބޫލު ކުރާ ކަމީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށާއި ރައީސް ދޮގު ހައްދާވާ ހެއްދެވުން ވީހާވެސް އަވަހަކަށް ހުއްޓާލެއްވުން ވަރަށް މުހިންމު ކަމަށެވެ. އަދި ރައީސްއެ ދުވަހުގެ ބައްދަލުވުމުގައި ހެއްދެވި ދޮގުތައް ގިނަކަމަަށް މީޑިއާތަކުން ހެއްކާއެކު ރިޕޯޓް ކުރަމުން އަންނަ ކަމަށް ވެސް ޝެއިހް ވިދާޅުވި އެވެ.

މިފަހުން ފާހަގަކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައި އެ ބައްދަލުކުރެއްވުން ފެށްޓެވީ ހެނދުނު 10:00 ގަ އެވެ. އަދި ނޫސްވެރިންގެ ސުވާލުތަކާއެކު އެ ބައްދަލުވުން ރޭ ދަންވަރު 1:00 އާ ހަމައަށް ދިގުލައިގެންދިޔަ އެވެ.

އަދި 15 ގަޑިއިރުގެ އެ ބައްދަލުވުމުގައި އެއްވެސް މީޑިއާއެއް ބާކީކޮށްފައި ނުވާ ކަމަށާއި ކޮންމެ ނޫސްވެރިއަކަށް ވެސް އެ ނޫސްވެރިއަކު ބޭނުން ސުވާލެއް ނުވަތަ ކަންބޮޑުވުމެއް ފާޅުކުރުމަށް ފުރުސަަތު ދެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް މި ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލާއި ގުޅިގެން އެމަނިކުފާނު ވަރަށް ގިނަ އިތުރުފުޅުތައް ހެއްދެވި ކަމަށް ރަށުތެރޭ އަންނަނީ ކިޔަމުން ނެވެ. އެގޮތުން ޝަރުއީ ދާއިރާ ވިޔަފާރީގެ ދާއިރާ ތަރައްގީގެ ދާއިރާ ސިޔާސީ މަސައްކަތާއި ގުޅިގެން ރައްޔިތުންނަށް އޮޅޭގޮތައް އެމަނިކުފާނު ގިނަ ޖަވާބުތަކެއް އެމަނިކުފާ ދެއްވި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved