March 10, 2026
Advertisement
ރައިސް ޔާމިން
ރައިސް ޔާމިން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ދޮގު ހެދުމަކީ ރައީސް މުއިއްޒަށް މާ ބޮޑު ކަމެއް ނޫން: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 7, 2025, 10:40 PM
މާލެ ސިޓީ

ރައިސުލް ޖުމްހޫރިސްޔާއަކު ރައްޔިތުންނާ ބައްދަލުކޮށް ދައްކާ ވާހަކައަކީ އާރުލާ ވާހަކައަކަށް ވާންޖެހޭނެ ކަމުގައި ރައީސް އަބްދުއްﷲ ޔާމިން އަބްދުލްްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރައީސަކު ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަދައްކަވާ ކޮންމެ ފަހަރަކު ﷲގެ އިސްމަފުޅު ގަންދީ ހުވާކުރަން ނުޖެހޭނެ ކަމަށެވެ.

ރައީސުލް ޖުމުހޫރިއްޔާއަކު ކޮންމެ ފަހަރަކު ﷲ ގެ އިސްމަފުޅުގަންދީފަ ހުވާކުރާކަށް ނުޖެހޭނެ ވާހަކަ ދައްކާއިރަކު އޭނަ ދައްކަން ޖެހޭނީ ތެދުބަހުން ވާހަކަ، އަމިއްލައަށް ނޫންތޯ މުއްސަފު ހޯދަން އެދުވީ، އެހެން ވީމަ އޭނައަށްވެސް އެބަ ޤަބޫލުކުރެވޭ މިވަރު ކުރިއްޔާ ނޫނީ ރައްޔިތުންނެއްޤަބޫލެއް ނުކުރާނޭ

ރައީސް ޔާމީން

ރައިސުލް ޖުމުހޫރިއްޔާއަކީ ވަލިއްޔުލް އަމްރު، ފައުންޓަން އޮފް ޖަސްޓިސް، ކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ ރައީސް އަކީ ފައުންޓަން ކަމުގައި ގަބޫލު ކުރެއްވުނު ނަމަވެސް ޖަސްޓިސް ތޯ ސުވާލު ފެދޭކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved