March 17, 2026
Advertisement
ޔުމްން ވެއްޓުނު ގެ --
ޔުމްން ވެއްޓުނު ގެ -- / ސޯޝަލް މީޑިއާ

ޔުމްނު ހ. ފެންޓިނޯއީއަށް ދިޔައީ ޔައްސާރުގެ ދައުވަތަށް؛ ވެއްޓުނީ އަމިއްލައަށް ނޫން: އާއިލާ

Hussain Nawaf
ހުސައިން ނަވާފް
May 9, 2025, 03:53 AM

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އެ ރޭ ހ. ފެންޓިނޯއީ އަށް ދިޔައީ ޔޫސުފް ޔައްސާރު އަބްދުލްގަފޫރުގެ ދައުވަތަށްކަމަށާއި ވެއްޓުނީ އަމިއްލައަށް ނޫންކަމަށް އާއިލާއިން ބުނެފިއެވެ.

Advertisement

އާއިލާއިން މިފަދައިން ބުނެފައިވަނީ މިރޭ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ދެއްވި އިންޓަވިއުއެއްގެ ތެރެއިންނެވެ.

އެގޮތުން އެ ގޭގެ ލޮކޭޝަންވެސް ފޮނުވީ ޔައްސާރުކަމަށް އާއިލާއިންވަނީ ހާމަކޮށްފައެވެ.

އެ ގޭގައި ޔުމްނު، ޔައްސާރު އަދި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ އިތުރުން 4 މީހުން ތިބިކަމަށްވެސް އާއިލާއިން ވަނީ ހާމަކޮށްފައެވެ.

އަދި ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫންކަމަށް އޭނާ މައުލޫމާތު ދިންކަމަށް އާއިލާއިންވަނީ ބުނެފައެވެ.

މި މައްސަލައިގައި އޭނާ ވެއްޓުމުގެ ކުރިން އެ ރޭ އޭނާއާ އެކު އުޅުނުކަމަށް ބުނާ މީހުންގެ ޕާސްޕޯޓް ހިފަހައްޓައި ފުލުހުން ގެންދަނީ ތަހުގީގު ހިންގަމުންކަން ފާހަގަކޮށްލެވެއެވެ.

އެއީ ރައުދު އަހުމަދު ޒިލާލް، އައިޝަތު ލަޔާލީ އިގުބާލް، އިޒްދިޔާން މުހައްމަދު މައުމޫން، ޔޫސުފް އަހްމަދު އަކްރަމް، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، އާމިނަތު ޖުނައިދާ ޖަމްޝީދު، ހުސައިން ހަމީސް އަލީގެ އިތުރުން އިޖާޒު ޖާއިޒެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved