ޕީއެންއެފް ޖަލްސާގެ ތެރެއިން ޔުމްނުގެ އާއިލާއަށް ގުޅާ ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި / ތޭރަގްރެފިކްސް
ހަބަރު
ޕީއެންއެފް ޖަލްސާގެ ތެރެއިން ޔުމްނުގެ އާއިލާއަށް ގުޅާ ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
09 މޭ 2025
މާލެ ސިޓީ

އެޕްރިލަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ގެންދާ ހައްވާ ޔުމްނު ރަޝީދުގެ އާއިލާއަށް ފޯނުން ގުޅުއްވާ ރައީސް އަބްދުﷲ ޔާމީން ހާލަތު އޮޅުންފިލުއްވައިފިއެވެ.

އެމަނިކުފާނު ޔުމްނުގެ އާއިލާއާ ވާހަކަފުޅު ދެއްކެވީ ޕީއެންއެފް ޖަލްސާ ބުރާސްފަތި ދުވަހުގެރޭ ކުރިއަށް ދަނިކޮށް ޔުމްނުގެ އާއިލާއިން ޗެނަލް13އަށް ޚާއްސަ އިންޓަވިއުއެއް ދެއްވަން ބޭނުންވެ އެ ގަޑީގައި އިންޓަރުވިއު ލައިވްކުރިއަށް ދަނިކޮށެވެ.

އެގޮތުން ޔުމްނުގެ އާއިލާއަށް ފޯނުން ގުޅުއްވާ ރައީސް ޔާމީން ވަނީ މި ޕްލެޓު ފޯމަށް ޔުމްނުގެ އާއިލާއިން އެކަން ސަމާލުކަމަށް ގެނެސް އާންމުންނާ ހަމައަށް އޮޅުން ފިލުވައިދޭން ބޭނުންވި ސަބަބާ މެދު ސުވާލު އުފައްދަވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި ޔުމްނުގެ އާއިލާއިން ވަނީ އެއީ އެއްވެސް ހާލެއްގައި ސިޔާސީ ކުރަން ބޭނުން ވެގެން ކުރި ކަމެއް ނޫން ކަމަށާ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ހުރިހާ ދޮރެއްގައި ޓަކި ޖެހި އިރުވެސް އެކަމަށް އަލި މަގެއް ނުފެންނާތީ އެކަން ކުރެވިދާނެ ޕްލެޓު ފޯމަކަށް އެކަން ގެނައީ ކަމަށް ބުނެފައެވެ.

ރައީސް ޔާމީން ވަނީ ޔުމްނުއާ އާއިލާއިން އިންސާފު ހޯދައިދެވެނެް އޮތް ހުރިހާ މަގެއް ކޮއްޓަވާ ދެއްވާ އިންސާފާ ހަމައަށް ވާސިލް ވުމަށް ޕީއެންއެފުގެ ޕްލެޓު ފޯމުން އެހީތެރިވާނެކަމުގެ ޔަގީންކަން ޔުމްނުގެ އާއިލާއަށް އަރުއްވާފައެވެ. އަދި ރައީސް ޔާމީން ވަނީ ޔުމްނުއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވިއެވެ.

މިރޭ ޔުމްނުގެ އާއިލާއިން ޗެނަލް13އަށް ދިން ޚާއްސަ އިންޓަރވިއުގައި އާއިލާއިން ވަނީ ފުލުހުން މީގެ ކުރިން ހާމަކުރި ބައެއް މައުލޫމާތުތައް ދޮގުކޮށްފައެވެ. އެގޮތުން ޔުމްނު އެގެއަކުން ވެއްޓުނު ހ. ފެންޓޯނިއޯ އަކީ ޔުމްނު ކުރިންވެސް ދާ ގެއެއް ކަމަށާ އެރޭ އެ ގެއަށް ދިޔައީ މި މައްސަލައިގައި ހިމެނޭ ޔޫސުފް ޔައްސާރު އަބްދުލްޣަފޫރުގެ ދައުވަތަކަށް ކަމަށްވެއެވެ. އަދި ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަަމަށާ އެގޭގައި އެރޭ ތިބީ ރައުދު އާ ޔުމްނު އެކަނި ނޫން ކަމަށް ވެސް ޔުމްނު އާއިލާއަށް ކިޔައިދީފައިވާ ކަމަށް އާއިލާއިން މިރޭގެ އިންޓަރވިއުގައި ހާމަކޮށްފައިވެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved