March 22, 2026
Advertisement
އަހުމަދު މުހައްމަދު ވަހީދު (ވައްޑެ)
އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

މުއިއްޒުއަށް ވުރެ އަވަހަށް ރާއްޖޭގައި ޕޮޕިއުލަރިޓީ ވެއްޓުނު ރައީސްއެއް ނެތް: ވައްޑެ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 10, 2025, 12:53 AM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވުރެ އަވަހަށް ދިވެހިރާއްޖޭގައި ޕޮޕިއުލަރިޓީ ވެއްޓުނު ރައިސްއެއް ނުހުންނާނެ ކަމުގައި ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތް ކުރާ، މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) ހާމަކޮށްފިއެވެ.

Advertisement

ޗެނަލް 13ގެ ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވައްޑެ ހާމަކުރެއްވީ، މިއަދުވެސް ރައީސް ޑރ. މުއިއްޒުއަށް އިހުތިރާމަކާއި ކުލުނެއް ލިބިވަޑައި ގަންނަވާނަމަ އެލިބިވަޑައި ގަންނަވަނީ ރައީސް ޔާމީން އާއި ޕީޕީއެމްއަށް އޮތް ސަޕޯޓު ކަމުގައެވެ.

ރައީސް މުއިއްޒު އަކީ ނިޢުމަތްތަކަށް ޝުކުރުވެރިވާ ފަރާތެއް ނޫން ކަމަށާއި ސިޔާސީ ޝަރީއަތެއް ކޮށް ސިޔާސީ ހުކުމެއްގައި ހުންނެވި ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްއަށް އިންސާފު ހޯދުމަށް ވެސް އެއްވެސް މަސައްކަތެއް ރައީސް މުއިއްޒު ނުކުރައްވާކަމަށް ވެސް ވައްޑެ ވިދާޅުވެފައިވެއެވެ.

އެންމެ ބޮޑަށް ވަކާލާތުކުރި އެކައްޗަކީ ހާއްސަކޮށް ޕީޕީއެމް ޕީއެންސީ އާންމު މެންބަރުންނަށް 2023 ވަނަ އަހަރު މުއިއްޒު ވިއްކި އެކައްޗަކީ ނުހައްގު އަނިޔާއިން ސިޔާސީ ޝަރީއަތެއްކޮށް ސިޔާސީ ހުކުމެއްގައި ހުރި އަޅުގަނޑުމެންގެ ލޮބުވެތި ރައިސް، ރައީސް އަބްދުﷲ ޔާމިން މިިނިވަން ކުރައްވާނެ ކަމަށް، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ފުރަތަމަ ހުވާކުރެއްވުމުގެކުރިންވެސް ހިޔަޅުގެ ރޭވުން މުއިއްޒު އިސްކުރެއްވި ތަން، މުއިއްޒުއަކީ ނިއުމަތްތަކަށް ޝުކުރުވެރިވާފަރާތެއްކަމަކަށް އަޅުގަނޑު މެންނަކަށް ނުފެނޭ

ވައްޑެ

ރައީސް މުއިއްޒުއާ އެކީ ގަދައަޅާ މަސައްކަތްކޮށް މިއަދު އެ ހުންނެވި މަގާމާ ހަމައަށް ވާސިލު ވާން އެއްސަފެއްގައި ތިބީ ޕީޕީއެމްގެ ސަޕޯޓަރުންނާ ރައީސް ޔާމީން ކަމުގައި ވީއިރު އެވަރު ބަލައި ނުގަތް ކަން އެއީ ވަރަށްވެސް ހިތާމަހުރި ކަމެއް ކަމުގައި ވައްޑެ ހާމަކުރެއްވިއެވެ.

ރައީސް މުއިއްޒުވަނީ އެމަނިކުފާނު، ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވި މީހުން މިއަދު އެއްފަރާތް ކޮށް އެކަހެރި ކޮށްފައި ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved