March 29, 2026
Advertisement
އަހުމަދު މުހައްމަދު ވަހީދު (ވައްޑެ)
އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ރައީސް މުއިއްޒު ދައްކަވަނީ ރައްޔިތުންނަށް އަވާމެންދުރެއް: ވައްޑޭ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 10, 2025, 10:12 PM
މާލެ ސިޓީ

ރައިސް މުއިއްޒު ހަމައެކަނި ކުރައްވާ ކަމަކީ، ރައްޔިތުންނަށް އަވާމެންދުރެއް ދެއްކުން ކަމުގައި ޕީއެންއެފްގެ އިސްސަފުގައި މަސައްކަތް ކުރައްވާ، އަހުމަދު މުހައްމަދު ވަހީދު (ވައްޑޭ) ވިދާލުވެއްޖެ އެވެ.

Advertisement

ޗެނަލް 13އިން ކުރިޔަށް ގެންދިޔަ ނިޔުސް ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅުވީ، މާމޮޅެތި ބޮޑު ޕްރޮޖެކްޓް ތަކެއް ކަމަށް ބުނެ، ރައިސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ ލޮލުގައި އަޅުވަނީ އަނދުން ކަމަށެވެ.

ބަންކަރިން ޕްރޮޖެކްޓެއްގެނަމުގައި މުއިއްޒު ފެއްޓެވި ޕްރޮޖެކްޓަކުން ދިވެހިރައްޔިތުންނަށް ވީއެއްވެސް ފައިދާއެއް ނެތްކަމަށް ވެސް އެބޭފުޅާވަނީ ފާހަގަ ކުރައްވާފަ އެވެ، ހަމަމިއާއިއެކު ކެބިނެޓު ހުރިހާބޭފުޅުން އެއްކުރައްވައި ގެން ހުލުވި ޑިވެލޮޕިން ބޭންކް އަކީ ވެސް ދިވެހިންނަށް ދައްކާލި ދަޅައެއް ކަމުގައި ވައްޑެ ވަނީ ވިދާޅުވެފަ އެވެ.

ވައްޑެ އިތުރަށް ވިދާޅުވީ މުއިއްޒުއަކީ އެއްވެސްވަރަކަށް އިހުލާސްތެރި ވެރިއެއް ނޫން ކަމަށެވެ.

މުއިއްޒުއަކީ އެއްވެސް ވަރަކަށް އިހުލާސްތެރި ކަމެއް ހިތުގަހުރި މީހެއްނަމަވެސް މިހާރު އަޅުގަނޑު ބުނާނީ އަމިއްލަފުޅަށްވެސް އިސްތިއުފާ ދެއްވާނެ އިގޭތޯ، މިހާވަރަށް ފެއިލިޔާސް ވިތް އިން 17 މަންތްސް އިނގޭތޯ..

ވައްޑެ

ދިވެރާއްޖޭގެ ރައިސުލް ޖުމުހުރިއްޔާއެއްގެ ހުންނަން ޖެހޭ އެވެސް ސިފައެއް ރައިސް މުއިއްޒު ގައިގައި ނެއްކަން އެއީ އެބޭފުޅާ ވެސް ގަބޫލުފުޅު ކުރަންޖެހޭ ކަމެއްކަމުގައި ވައްޑޭ ވަނީ ވިދާޅުވެފައެ އެވެ.

ދިވެހިރައްޔިތުން ނަށްވެސް އަދި އެމަނިކުފާނަށްވެސް މިއަދު އެނެްމެ ރަގަޅު ގޮތަކީ ބަލި ގަބޫލުކޮށް ތިމަން މަނިކުފާނަށް މިވެރިކަން އިތުރަކަށް ކުރިޔަށް ނުދެވޭނެ ކަމަށްބުނެ ވަޑައި ގަތުން ކަމުގައި އެބޭފުޅާ ވަނީ ހާމަކުރައްވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved