May 1, 2026
Advertisement
ރައީސް ޔާމީންގެ ދެކަނބަލުން ފިތުރު އީދު ސަލާމް ކުރައްވަނީ.-- ފައިލް ފޮޓޯ:
ރައީސް ޔާމީންގެ ދެކަނބަލުން ފިތުރު އީދު ސަލާމް ކުރައްވަނީ.-- ފައިލް ފޮޓޯ: / މިހާރު

ކުޑަ ކުދިންގެ ދުވަހުގެ ތަހުނިޔާ ރައީސް ޔާމީންގެ ދެކަނބަލުންގެ ފަރާތުން ހުރިހާ ކުޑަ ކުދިންނަސް އަރިސް ކުރައްވައިފި

Hussain Nawaf
ހުސައިން ނަވާފް
May 10, 2025, 11:41 PM

މިއަދު ފާހަކުރަމުން އަންނަ ކުދިންގެ ދުވަހުގެ ތަހުނިޔާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ދެކަނބަލުންގެ ފަރާތުން ހުރިހާ ކުޑަ ކުދިންނަށް އަރިސް ކުރައްވައިފި އެވެ.

Advertisement

މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ދެއްވި މެސެޖުގައި ވަނީ މިއީ މުޖުތަމަޢުގައި ކުދިންގެ މުހިއްމުކަމާއި އެ ކުދިން ކުރިމަތިވާ ދަތިތަކުގެ މައްޗަށް އަލިއަޅުވާލާ ދުވަސްކަމަށެވެ. މުޖުތަމަޢުގެ ގިނަ ކުދިންނަށް ދިރިއުޅުމުގެ އެކި ކަންކަމުގައި ވަރަށް ގިނަ މައްސަލަތަކާއި ހުރަސްތަކެއް ކުރިމަތި ވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ދުވަހަކީ ކުދިންގެ ހެވާއި ލާބަ ރަނގަޅުކޮށް، ދުނިޔެއަކީ އެ ކުދިންނަށް ރަނގަޅު ތަނަކަށް ހެދުމަށް މަސައްކަތްކޮށް، ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް މަސައްކަތް ކުރުމުގެ ދުވަސް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެގޮތުން މި އަހަރުގެ ކުޑަ ކުދިންގެ ދުވަހާއި ގުޅިގެން ރައީސް ޔާމީން ވަނީ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް އަރިސް ކުރައްވާފަ އެވެ.

އަދި ފަލަސްތީނުގެ ގާޒާގައި ވަރަށް ހާލުގައި ދިރިއުޅެމުންދާ ކުޑަކުދިންގެ ހަދާން އާކޮށް ގާޒާގެ ކުޑަކުދިންނަށް އަދަށް ވުރެ ރައްކާތެރި މާދަމާއަކަށް އެދި ރައީސް ވަނީ ދުއާ ކުރައްވާފައި އެވެ.

ކޮންމެ އަހަރަކު ވެސް ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ މެއި 10ގައެވެ. އެދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގައި ކުލަގަދަކޮށް، އެ ދުވަސް ފާހަގަކުރުމަށް އެކި ހަރަކާތްތައް ބާއްވައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved