February 27, 2026
Advertisement
ގާނޫނީ ވަކީލު އަލީ ހުސެއިން
ގާނޫނީ ވަކީލު އަލީ ހުސެއިން / ސޯޝަލް މީޑިއާ

އިންސާފަށް ލޯބިކުރުމުގެ ކަންފުޅެއް ވެސް ރައީސް މުއިއްޒުގެ ނެތް: އަލީ ހުސައިން

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 11, 2025, 05:30 PM
މާލެ ސިޓީ

އިންސާފަށް ލޯބިކުރުމުގެ ކަންފުޅެއް ވެސް ރައީސް މުހައްމަދު މުއިއްޒުގެ ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

Advertisement

އަލީ ހުސައިން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ހާޒިރުވެ ދިފާއުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަށް އެދިވަޑައިގެންފައި ވަނިކޮށް އެ ފުރުސަތު ނުދޭން ކޮމިޓީން އިއްޔެ ނިންމުމާ ގުޅިގެންނެވެ.

"އިނގިލި ހިއްލާލިޔަސް" ފިޔަވަޅު އަޅާނެކަން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް އާމެދު ކަންކުރި ގޮތުން އެނގޭ، އިންސާފަށް ލޯބިކުރުމުގެ ކަންފުޅެއް ވެސް ރައީސް މުއިއްޒުގެ ނެތްކަން މިކަމުން އެކަނިވެސް ދަލީލުކޮށްދޭ،

އަލީ ހުސައިން

މަޖިލީހުގެ ކޮމިޓީތަކުންނާއި މެންބަރުން ތިއްބަވާ ރަސްމީ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކުރީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ޕީއެންސީގެ މެންބަރަކު ހުށަހެޅުއްވި ބިލް ފާސްކުރަން ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޕާޓީގެ ލީޑަޝިޕުން އަންގާފައިވަނިކޮށް، އެއީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ވިދާޅުވެ، އެ ބިލް ފާސްކުރަން އަޒާން ވޯޓު ނުދެއްވުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved