ޒުވަނުންގެ މުޒާހަރާގެ ތެރެއިން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ހަބަރު
މުހިންމު ކަމެއްގައި ނޫނީ ރާއްޖެ ދަތުރުނުކުރުމަށް ސިންގަޕޫރު ސަރުކާރުން ގޮވާލައިފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
11 މޭ 2025
މާލެ ސިޓީ

ދެކުނު އޭޝިޔާގެ ގައުމުތަކަށް ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް އިލްތިމާޒުކޮށްފި އެވެ.

އެޤައުމުތަކުގައި ހިމެނެނީ ދިވެހިރާއްޖެ، އިންޑިޔާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބަންގްލަދޭޝް، އަފްކާނިސްތާން، މިޔަންމާ އަދި ބޫޓާން އެވެ.

ސިންގަޕޫރުގެ ފޮރިންގް މިނިސްޓަރ ވިދާޅުވީ މިވަގުތު އެގައުމު ތަކުގައި ތިބި ފަރާތްތައް އިތުރަށް ސަމާލުވުމަށެވެ. އަދި ކަމާއި ގުޅުން ހުރި އޮތޯރިޓީއިން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށްވެސް އިލްތިމާޒުކޮށްފައި ވެއެވެ.

މިގައުމު ތަކުގެ ސަލާމަތީ ހާލަތު ގޯސްވެފައި ވާކަން ފާހަގަކޮށް ބުނެފައި ވަނީ މިގައުމުތަކުގައި މުޒާހަރާ ކުރާކަމަށާއި އަދި މިވަގުތު މިގައުމު ތަކަކީ އަސްކަރީގޮތުން ފިތުނަވެރިވެފައި ކަމަށާއި އަދި މިޤައުމު ތަކުގެ ބޯޑަރު ގުޅޭ ސަރަައްދު ތަކުގެ ހަމަނުޖެހުން އިތުރު ކަމަށެވެ.

ސިންގަޕޫރުގެ މިވަގުތުވަނީ ޓްރެވަލް އެޑްވައިޒަރީ އެއް ނެރެފައވެ. ހަމައެއާއި އެކު ދަތުރު ކުރާ ފަރާތްތަކަށް އީ-ރެޖިސްޓާ ސިސްޓަމްގައި ރަޖިސްޓްރީ ކުރުމަށްފަހު ދަތުރު ކުރުމަށްވެސް އަންގަވާފައި ވެއެވެ.

ސިންގަޕޫރު ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް، ޒަރޫރީ ބޭނުމަށް ނޫނީ ރާއްޖެ ދަތުރު ނުކުރުމަށް އަންގަވާފައި މިވަނީ ހައްވާ ޔުމްނު ރަޝީދު ގެ މައްސަލާގައި ޤައުމު ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved