March 19, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

އެންމެ ކަންބޮޑުވަނީ ބޭރުގެ އަސްކަރިއްޔާއާ ގުޅިގެން މުއިއްޒު ދެއްކެވި ވާހަކައާ އަމަލާ ދިމާނުވާތީ: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 24, 2025, 10:43 PM
މާލެ ސިޓީ

އިންޑިޔާ އަސްކަރިއްޔާ ބާލާނެ ކަމަށާއި ގޮތް ނޭނގެ އެގްރިމެޓް އުވާލާނެ ކަމަށް ބުނަމުން ވެރިކަމާއި ހަވާލުވި ސަރުކާރުން މިހާރު އެއެގްރިމެންޓް ވެސް ނުދެއްކުމުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ނުރުހުން ފާޅުކުރައްވައިފިއެވެ.

Advertisement

ޕީއެންއެފްގެ ފްރޮން އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މިސަރުކާރު ވެރިކަމަށް އައީ އިންޑިޔާގެ އަސްކަރިއްޔާ ޤައުމުން ބާލާނެ ކަމަށާއި އަދި އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު ނިމި ދިޔަ ސަރުކާރުން އެކުލަވާލި ގޮތް ނޭނގޭ އެގްރިމެންޓްތައް ހާމަކޮށް ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ހުރި ނަމަ ބާތިލް ކުރާނެކަމަށް ވިދާޅުވަމުން ކަމަށެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގެން އެ ވާހަކަ ވެސް އުނބަށް ޖައްސަވައިފި ކަމަށާ އެގްރިމަންޓުތައް ހާމަކުރަން މި ސަރުކާރުން ވެސް ދެކޮޅު ހަދަމުން ދާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކަންބޮޑުވާން ޖެހޭވަރު ކަމެއް ނެތް ނަމަ އިންޑިއާއެކުވެފައިވާ އެއްބަސްވުންތައް ނުދެއްކެންވީ ސަބަބެއް ނެތް ކަމަށެވެ.

މިސަރުކާރު ވެރިކަމަށް އައީ ރާއްޖޭގަ އިންޑިޔާގެ އަސްކަރިއްޔާ އެބަތިއްބޭ، އަސްކަރިއްޔާ ބާލާނަމޭ، ގޮތް ނޭގޭ އެގްރިމެންޓް ތަކެއް އިންޑިޔާ ސަރުކާރާއި އެކީ ހަދާފައޭ މިހިރީ، ހުރިހާ އެގްރިމެންޓްތައް ބާތިލް ކުރާނަމޭ، މިކަހަލަ ވާހަކަ ތަކެއް ދައްކަމުން އަންނަނީ.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ އެފަދަ ގޮތަކަށް ވާހަކަދައްކަމުން ވެރިކަމަށް އައި ބޭފުޅަކު މިއަދު ވިދާޅުވަނީ ޤައުމީސަލާމަތާއި ގުޅިގެން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް އެ އެގްރިމެންޓް ތަކަކު ނެތް ކަމަށެވެ. އަދި މިއާއިއެކު މިއެގްރިމެންޓް ރައްޔިތުންގެ މަޖިލީހަށް ވެސް ރައީސް މުއިއްޒު ދައްކަވަން ބޭނުން ނުވާ ކަމުގައެވެ.

މި އެގްރިމެންޓްތަކާއި ގުޅިގެން ރައީސް ޑރމުއިއްޒު ވިދާޅުވަނީ މިއެގްރިމެންޓް ރައްޔިތުންގެ މަޖިލީހާ ހިއްސާކުރުމަކަށް އިންޑިޔާ ސަރުކާރުގެ ހުއްދަނެތް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved