March 11, 2026
Advertisement
ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން / ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ސިއްރުކޮށްފި

Hussain Nawaf
ހުސައިން ނަވާފް
May 11, 2025, 09:02 PM

ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން، ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ފޮނުވާފައިވާ މައްސަލަ ދިރާސާކުރަމުންދާ ޖުޑީޝަރީ ކޮމިޓީ ސިއްރުކޮށްފި އެވެ.

Advertisement

އެ މައްސަލަ ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީ ސިއްރު ކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު އެވެ.

އެ ކޮމިޓީ ސިއްރު ކުރަން ފާސްކުރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ފިޔަވައި ހުރިހާ ޕީއެންސީ މެންބަރުންގެ ވޯޓާ އެކު އެވެ. އެއާއިކު ކޮމިޓީގެ  ލައިވް  ސްޓްރީމް  ހުއްޓާލާ ކޮމިޓީގައި ތިއްބެވި ޓީވީ ސްޓޭޝަންތަކުގެ ކެމެރާމަނުން ކޮމިޓީން ނެރުނެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ގެންދެވީ ތަހުގީގު ރިޕޯޓްގައި ހުރި ތަފުސީލުތައް ވިދާޅުވަމުންނެވެ.

އެހެންކަމުން ކޮމިޓީ ސިއްރުކުރަން ހުށަހެޅީ އެކަމާ ގުޅުވައިގެންކަން ފާހަގަ ކުރެވެ އެވެ.

ނަމަވެސް ޖުޑީޝަރީ ކޮމިޓީ ސިއްރު ކުރަން ޝާހިދު ހުށަހެޅުއްވީ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި ވަރަށް ޒާތީ މައުލޫމާތުތައް ހިމެނޭ ކަމަކަށް ވާތީކަމަށް ޝާހިދު ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވޯޓަށް އަހަން މަސައްކަތް ކުރެއްވުމާއެކު ނާޒިލް އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކޮމިޓީ ބޮއިކޮޓްކޮށް ދޫކުރަައްވައި  ނުކުމެވަޑައިގަތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved