
ރައީސް ޑރ މުހައްމަދު މުއިއްޒުއާ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް ގެ ނުބައި ރޭވުމުގެ ތެރެއިން ޕީޕީއެމް ފައްތާލައިފި ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާއްތެރިވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވީ ޑރ މުއިއްޒުއާ އަދުރޭގެ ނުބައި ރޭވުމުގެ ތެރެއިން ޕީޕީއެމް ފައްތާލައިފި ކަމަށާއި އޮޑި ފައްތާލާއިރުވެސް އެ ޕާޓީގެ ދެ ނައިބުން އުޅުއްވަނީ ބެރު ޖެއްސުމުގައި ކަމަށެވެ.
ދެވެނައަށް އެންމެ ގިނަ މެމްބަރުން ތިބޭ ޕާޓީ އަކަށް ވީ އިރު ކުރިއަށް މިއޮތް 20 ވަނަ ރައްޔިތުން މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން އެއްވެސް ބޭފުޅަކު ވާދަ ނުކުރާކަން ފާހަކުރެވެއެވެ.
މިކަމާ ގުޅުގެން މަލީހު ވިދާޅުވީ ރައްޔިތުން މިފަދަ އަމަލު ތަކަށް މާފު ނުކުރާނެ ކަމަށެވެ.










