March 17, 2026
Advertisement
ޔުމްން އަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން އިހުތިޖާޖު ކުރަނީ
ޔުމްން އަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން އިހުތިޖާޖު ކުރަނީ / ސަން

ޔުމްނުގެ އުޅަނބޮއްޓަށް ލިބިފައިވަނީ ދާއިމީ ގެއްލުމެއް: އާއިލާ

Hussain Nawaf
ހުސައިން ނަވާފް
May 11, 2025, 09:15 PM

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނުގެ އުޅަނބޮއްޓަށް ލިބިފައިވަނީ ދާއިމީ ގެއްލުމެއްކަމަށް އާއިލާއިން ހާމަކޮށްފި އެވެ.

Advertisement

މެލޭޝިއާގައި ފަރުވާ ހޯދަމުން އަންނަ ޔުމްނުގެ ދައްތަ އަގީލާ ނައީމް ކުރި ޕޯސްޓެއްގައިވަނީ ޔުމްނުގެ އުޅަނބޮއްޓަށް ލިބިފައިވާ ގެއްލުމާ ގުޅިގެން ސާޖަރީއެއް ހަދާފައިވާ ކަމަށް ހާމަކޮށްފަ އެވެ.

ނަމަވެސް އުޅަނބޮއްޓަށް ލިބިފައިވަނީ ދާއިމީ ގެއްލުމެއްކަމަށް ޑޮކްޓަރުން ބުނެފައިވާކަމާއި އެހެންނަމަވެސް އުންމީދު ކަނޑާނުލައި، އިތުރު ތަޖުރިބާކާރުންގެ ލަފާ އެކަމުގައި ހޯދާނެކަމުގައި އަގީލާވަނީ ބުނެފަ އެވެ.

ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ގެންދިޔަފަހުން މަޑުމަޑުން ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި މިހާރު އޭނާ ހޭއަރާފައިވާކަމަށް އާއިލާއިން މިމަހުގެ 04 ވަނަ ދުވަހު ވަނީ ހާމަކޮށްފަ އެވެ.

އެއަށްފަހު އާއިލާއިން ދިން އިންޓަވިއުއެއްގައި ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫންކަމަށާއި، އެއީ ބަޔަކު ކުރިކަމެއްކަމަށް ޔުމްނުއާ ހަވާލާދީ ބުނެފައިވެ އެވެ.

މީގެ އިތުރުން ޔުމްނު ވެއްޓުނުކަމަށް ބުނާ ގެ، ހ. ފެންޓިނޯއީ އަކީ ކުރީންވެސް ޔުމްނު ގޮސް އުޅޭ ގެއެއް ކަމާއި އެ ގެއަށް ދިޔައީ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓަރަލް ޑރ ހާލާ ހަމީދުގެ ދަރިކަލުން ޔައްސާރު އަބްދުލް ޣަފޫރުގެ ދައުވަތަކަށްކަމަށްވެސް އެ އިންޓަވިއުގައި އާއިލާއިންވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved