

ޑިޖިޓަލައިޒު ކުރުމުގެ ނަމުގައި މި ސަރުކާރުން އުޅެނީ އެހެން ބައެއްގެ މަސައްކަތުގެ ކްރެޑިޓު ނަގަން ކަމުގައި ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ އާދިއްތަ ދުވަހުގެރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޑިލިޒަލައިޒޭޝަން އަކީ ދިވެހިރާއްޖެއަށް އާކަމެއް ނޫން ކަމަށެވެ. ސަރުކާރުން ކުރައްވާ ކަންތައްތަކުގެ ނުވަދިހަ ޕަސެންޓް ވަނީ މާކުރީއްސުރެ ޕޭޕާލެސް ޑިމޮކްރަސީއެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ޑިޖިޓަލް ކޮށްފައިކަމަށް ކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
އައު އީޖާދު ކުރުމަކީ ގިނަބައެއްގެ ތޮބީއީކަމެއް ކަމުގައި ވީނަމަވެސް %90 ނިމިފައިވާ ޕޮރޮޖެކްޓެއް ފެއްޓެވުމުގެ ވާހަކަ ދެއްކުން އެވީ އެތަ އްބައެއްގެ މަސައްކަކަތުގެ ކްރެޑިޓް އަމިއްލަފުޅަށް ނަންގަވާ އޯނާޝިޕް ނެންގެވުން ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިކުރައްވަން މިއުޅުއްވާކަމަކީ އަނެއްކާވެސް މި ޑިޖިޑަލައިޒޭޓަން ޕްރޮޖެކްޓްެގެ މޭސްތިރިއަކީ ނޫނިއްޔާ ޓޯޓަލް އޯނާޝިޕް އެއުޅުއްވަނީ ނަންގަވަން އެނޫން އެއްވެސް ކަމެއްނޫން އެއީ، ޑިޖިޓަލައިޒްކުރަން ޖެހޭކަމެއް މިތާއޮތީކީނޫން އިގޭތޯ، އެހެން ވީމަ އެ އުޅުއްވަނީ އެތައްބަޔަކު އެތައްޒަމާނެއް ވަންދެން ކޮށްފައިވާ މަސައްކަތެއް އެ މަސައްކަތުގެ ކްރެޑިޓް ނަގަން އެއުޅެނީ އޭގެ އޯނާޝިޕް ފުލީ ނަގަން މިއުޅެނީ
އެހެން ފަރާތް ތަކުން ކޮށްފައިވާ ކަންތައްތަކުގެ ރިބަން ކަނޑާ އުސޫލުން، އޯނާޝިޕް ހޯދުމުގެ ކަންތައްތަކަކީ އާ ކަމެއް ނޫންކަމަށާއި އެއީ މީގެ ކުރިންވެސް އެމްޑީޕީ ސަރުކާރުން ވެސް ކޮއްފައިވާ ކަމެއްކަމުގައި އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
މިޤައުމުގައި ޑިޖިޓަލައިޒިން ދާއިރާއަށް އެތައް ޤާބިލް ބަޔަކު ތިބިނަމަވެސް، ރައްޔިތުންނަށް ދަޅަދައްކައި ޑިޖިޓަލައިޒިން ޕްރޮޖެކްޓްގެ ނަމުގައި މިމަސައްކަތް ފަށައިގެން، އެހެނިހެން ޤައުމުތަކަށް ބޮޑު އަދަދަކުން ފައިސާ ދަރައިގަތުމަކީ މީގެ ހަޤީގީ މަގުސަދު ކަމުގައި އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.