March 29, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ރައީސުލް ޖުމްހުރިއްޔާ އޯޑިއަންސް އެއް ދޭއިރު މީ ކިހާވަރެއްގެ މީހެއް ތޯ ބަލާލަން ޖެހޭ: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 13, 2025, 04:12 PM
މާލެ ސިޓީ

ރައީސުލް ޖުމްހުރިއްޔާ އޯޑިއަންސްއެއް ދޭއިރު މީ ކިހާވަރެއްގެ މީހެއް ތޯ ބަލާލަން ޖެހޭ ކަމުގައި ރައިސް އަބްދުއްﷲ ޔަމިން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ޕީއެން އެފް ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެނަމިކުފާނު ވިދާޅުވީ، ސައުދީގެ ޝާހީ އާއިލާއެއް ގެ ބޭފުޅެއްކަމުގައި ބުނެ އިންޕޯސްްޓާއެއް އައި އިރު ސައުދީ އެންބަސީއެއް ދިވެހިރާއްޖޭގައި ހުންނެވި އިރު ރައިސް މުއިއްޒު އައް އެއީ ކިހާވަރެއްގެ މީހެއްތޯ ބަލާލައި ވެރިފައި ނުކޮއްލެވުނުކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސައުދީގެ ޝާހީ އާއިލައަކީ ކިތަންމެ ބޮޑު އާއިލާއަކަސް އޯޑިއަންސް އެއްދިނުމުގެ ކުރިން އެއީ ހަޤީގަތުގައިވެސް ޝާހީއާއިލާގެ ބޭފުޅެއްތޯ ވެރިފައި ކޮއްލުން މުހިންމު ކަމަށެވެ.

މިތަނަށް އިންޕޯސްޓެއް އައިސް ރައިސުލް ޖުމުހުރިއްޔާއާއި ބައްދަލުކޮށްހެދިއިރު ސައުދީ އެންބަސީ ހުރި މިތަނުގަ، ބަލާލައްނޭގުނު މީކިހާވަރެއްގެ މީހެއްތޯ އެދިނީއޭ އޯޑިއެންސެއް، ރައިސުލް ޖުމުހުރިއްޔާ އޯޑިއަންސް އެއް ދޭއިރު މިއަންނަނީ ކިހާވަރެއްގެ މީހެއްކަމެއް ބަލާލާކަށް ނޭގުނު

ރައީސް ޔާމިން

ރައީސެއްގެ ވިސްނުންފުޅު މިދަރަޖައިގައި ވާނީނަމަ އެހެން ޤައުމުތަކުން ރާއްޖެ ހިފާކަށް އުދަގުލެއް ނުވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ޝަރަފުވެރިންގެ މަޤާމު ދެއްވާއިރު ކިހާވަރެއްގެ ކާކުތޯ ބަލާލުން މުހިންމު ކަމުގައި ރައީސް ޔާމިން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved