May 10, 2026
Advertisement
އިންޑިއާއެކު ވެފައިވާ އެއްބަސްވުންތައް ދައްކާނެ ހިތްވަރު މި ސަރުކާރުގައި ނުހުންނާނެ: ރައީސް ޔާމީން
އިންޑިއާއެކު ވެފައިވާ އެއްބަސްވުންތައް ދައްކާނެ ހިތްވަރު މި ސަރުކާރުގައި ނުހުންނާނެ: ރައީސް ޔާމީން / ހިންދުސްތާނީ ޓައިމްސް

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން މުއިއްޒު ސަރުކާރުން ފަސްކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 12, 2025, 06:25 PM
މާލެ ސިޓީ

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބިލުގެ ތެރެއިން، މި މަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން ރާއްޖޭން އެދިގެން އިންޑިއާ އިން އަނެއްކާ ވެސް ފަސްކޮށްދީފި އެވެ.

Advertisement

އެސްބީއައިއިން ގަތް ޓީބިލަކީ ކުރީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ބަޖެޓު ސަޕޯޓު ހޯދަން ވިއްކި 200 މިލިއަން ޑޮލަރުގެ ޓީބިލުތަކެކެވެ. އެސްބީއައިއިން މި ޓީބިލުތައް ގަތީ ފަހަރަކު 50 މިލިއަން ޑޮލަރު މަގުންނެވެ.

މި ފައިސާ ދެއްކުން އިންޑިއާއިން އަހަރަކަށް ފަސްކޮށްދިނީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި، އޭރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. އޭގެ ކުރިން މި ސަރުކާރުން ވަނީ މީގެ ތެރެއިން 50 މިލިއަން ޑޮލަރު، މިދިޔަ އަހަރުގެ ޖެނުއަރީގައި ދައްކާފަ އެވެ. މިހާރު ބާކީ ނުދައްކާ ވަނީ 150 މިލިއަން ޑޮލަރެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އުދަނގޫ ހާލަތުގެ ސަބަބުން ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ ލޯންތައް ދެއްކުމުގައި އިންޑިއާ އިން ދަނީ ވަރަށް ގިނަ ލުއިތައްދީ ރާއްޖެއަށް އެހީވަމުންނެވެ. އަދި އޭގެ މުގާބިލުގައި ސަރުކާރުން އަންނަނީ އިންޑިއާއާއިއެކު ސިއްރު އެތައް އެއްބަސްވުމެއްގައި ސޮއިކުރަމުން ނެވެ.

މިއަދު މުއިއްޒު ސަރުކާރު ސިފަވަނީ މޯދީގެ ގޮނޑިކޮއްކޮ ސަރުކާރެއްގެ ގޮތުގައި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved