March 28, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ދިވެހިރާއްޖޭގެ އިޤްތިސާދު ރަނގަޅު ކުރުމަށް އެއްވެސް ގައުމަކުން އިންވެސްޓަރުން ނާންނާނެ: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 12, 2025, 10:06 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ އިޤްތިސާދު ރަނގަޅު ކުރުމަށް އެއްވެސް ގައުމަކުން އިންވެސްޓަރުން ނާންނާނެ ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދު މިވަގުތު ވަނީ ވަރަށް ބޮޑު އަޑިގަނޑެއްގައި ކަމަށާއި އަދި އިގްތިސާދު ރަނގަޅު ކުރުމަށް ޓަކައި މަސައްކަތް ކުރާނެ ބައެއް މި ވަގުތު ރާއްޖޭގައި ނެތްކަމަށެވެ.

ޑަބަލް ޑީފޯލްޓްއަށް ދިޔަ ލަންކާއަށް އިންވެސްޓަރުން އަޔަސް މިތަނަކަށް ނާންނާނެ އިންވެސްޓަރުންނެއް، ލަންކާއަށް، އައިއެމްއެފް ނޫނީ ވޯލްޑް ބޭންކްއިން ބިލިއަން ޑޮލާސް ލެންޑްކުރަނީ، މިތަނަކަށް ލެންޑް ކުރާކަށް ނޫޅޭ މިތާކު ނެތޭ އަޅުގަނޑުމެންގެ އިޤްތިސާދު ރަނގަޅުކުރާކަށް ބޭނުންވާ އެއްވެސް ބަޔަކު، ހަމަ ނެގުނުގޮތަކަށް ކެވުނު ގޮތަކަށް ޖެހުނުތަނަކުން ލާރި ނެގުން ނޫން ކަމެއްނެތޭ!

ރައީސް ޔާމީން

ޑިޖިޓަލައިޒް ކުރުމާ މިފަދަ މޮޅެތި ނަންނަން ކިޔައިގެން ރާއްޖޭގައި ކޮރޮޕްޝަން ނައްތާލެވޭނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމުގައި އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. މީގެ ކުރިން ވެސް ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ދޮރުތައް ބަންދު ކުރުމުގެ ވާހަކަ ބުނެފައި ވީނަމަވެސް ހުޅުވުނު ދޮރުތައް ވީ ގިނަކަމަށާ އެހެންކަމުން އެބައެއްގެ އިސްކޮޅާއި ނުބައްދަލު ވާހަކަ ނުދެއްކުން މާ ރަގަޅު ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮރަޕްޝަން ނައްތާލުމެކޭ، ލެއިން ތަތްތެޅިފައި ތިބި ބަޔަކު މީހުން މެރުމާ މިފަދަ ކުށްތައް ނާއްތާލާނަމޭ ބުނުން މީހަމަ އެއް ފެންވަރެއްގެ ކަންތައްތަކެއް ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved