ޑރ. ޖަމީލް ޕީއެންއެފް ޖަލްސާގެ ތެރެއިން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ސިޔާސީ
އެންމެ އާދައިގެ މުއައްޒަފުން ލައްވައިވެސް ރައިސް މުއިއްޒު ކުރަނީ ވައްކަން: ޑރ. ޖަމީލް
Mariyam Ibrahim
މަރިޔަމް އިބްރާހިމް
13 މޭ 2025
މާލެ ސިޓީ

އެންމެ އާދައިގެ މުއައްޒަފުން ލައްވައި ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރަނީ ވައްކަންކަމުގައި ކުރީގެ ނައިބު ރައިސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޕީއެންއެފްއިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އެކި ކުންފުނިތަކުން ފައިސާ އެތަނުގެ އެންމެ އާދައިގެ މުއައްޒަފުން ލައްވައިވެސް ރައީސް މުއިއްޒު ނަގާކަމަށެވެ. އަދި މިފައިސާ ގެ ކަލެކްޝަން ރައްކާކުރެވިފައި ވަނީ ދިމްޔާތުގައި ކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ވައްކަމަކީ ދީނުގައި ކިހާވަރެއްގެ ކަމެއްކަން ވިދާޅުވެ އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ މިވަގުތު ހިންގަމުންދާ އެކިއެކި ކުންފިނިތަކުން ގެެއްލޭ ހުރިހާ ފައިސާއެއް ތުހުމަތު ކުރެވެނީ ހަމަ އެ ދީނަށް ލޯބިކުރައްވާ ދީން ވެރިކަމަށް ދައުވާ ކުރާ ރައިސް މުއިއްޒުއަށް ކަމުގައެވެ.

މުއިއްޒު ހިމާޔަތް ކުރަން ރިންގެންހެން ވަށައިގެން ޖަނާބު ފެމެލީ ކަމަށް ވިދާޅުވާ ބޭފުޅުން އެބަތިއްބޭ، މިހުރިހާބޭފުޅުންނާއި އަދި މުއިއްޒު ހުދު އަމިއްލަ ނަފްސު ތަމްސީލް ކުރައްވަން އުޅުއްވަނީ ވަރަށް ބޮޑަށް ދީނަށް ލޯބި ކުރައްވާ ބޭފުޅެއްކަމައްވާތީ، އެހެން ހިޕޮކްރަސީ ނުދައްކަވާށޭ، އެ މުނާފިގުކަން ނުދައްކަވާށޭ، އެއީ އެކަންކުރައްވާފަ މިއަދު އަޅުގަނޑު މެންނަށް މިއަދުލިބޭ ވާހަކަ އަކީ ވައްކަނ ވައްކަނަ ވައްކަން ހަމަ ބިރުގަންނަ ވަރަށް، މިދައްކަމީ އެންމެ އާދައިގެ މުއައްޒަފުން ލައްވާވެސް ވައްކަން ކުރުވަނީ އަދި ވާހަކައަކީ އިސްކޮށް ތިބި މީހުން ނަގާ އަދަދު އެއަށްވުރެ ދެގުނަ.

- ޑރ. ޖަމީލް

ސުވާލު އުފެދެނީ ދެލައްކަ ތިންލައްކަ މިފަދަ ބޮޑެތި އަދަތުތަކުން ރައިސް މުއިއްޒު ރައްތިތުން މަޖިލީހުގެ މެންބަރުންނަށްވެސް ފޮނުވާކަމަށް މަޖިލީހުގެ ޕީއެންސީ މެންބަރުން ބުނާކަމަށާއި، މިހާ ބޮޑެތި އަދަތުތަކުން ދަތުރުތަކަށާއި، އެހީތަކަށް އެބޭފުޅުންނަށްދޭއިރު، ދޭނީ ކޮންތާކުން ހޯއްދަވާ ފައިސާއަކުންތޯ ސުވާލު އުފެދޭ ކަމަށް އެބޭފުޅާބަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި އާސަންދައިންވެސް ބޭސްސިޓީއެއް ނުލިބޭ، ރައްޔިތުންގެ ކަރަންޓުބިލު ދިމާނުވޭ ކިޔަވާކުދިންނައް އެކުދިންގެ ލޯނު ފައިސާ ނުލިބޭ، ސަލާންޖަހާ މީހުން އިތުރުވެއްޖެ ޑޮލަރު ލިބުން ދަތި ވެއްޖެ، އަދި ހަމައެހެންމެ ބާޒާރު ހުސްވެ ފަޤީރު ގައުމަކަށް ރާއްޖެ ވެފައިވާއިރު ރާއްޖޭގެ ރައިސް ކުރައްވަނީ ވައްކަން ކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

އިން ޕޯސްޓާއަކީ ރާއްޖެ ފަގުޑި އަޅައިގެން އައި ސައުދީ ޕްރިންސް އެކަނި ނޫން ކަމަށާއި ރާއްޖޭގެ ރައިސް އަކީވެސް މިވަގުތު އިން ޕޯސްޓާއެއް ކަމުގައި ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved