

ދިވެހިރާއްޖޭގައި ކޮން ކަމެއްތޯ ޑިގިޓަލައިޒް ނުވެ އޮތީ މީ އަޅުގަނޑުމެން ކޮށްލަންޖެހޭ ސުވާލެއްކަމުގައި ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެއް ކަމަށްވާ ނާއިފް ޝައުކަތު ވިދާޅުވެއްޖެއެވެ.
ޗެނަލް 13ގެ ނިއުސްޓޯކް ޕްރޮގްރާމުގައި ދިވެހިރާއްޖެ 2.0 މިމައުޟޫއަށް ވާހަކަ ދައްކަވަމުން ނާއިފް ވިދާޅުވީ އެންމެ ކުޑަމިނުން އަޅުގަނޑުމެން ދިވެހި ކޮންމެ ރައްޔިތެއް ގެންގުޅޭ މޯބައިލް ފޯނުން މިހާރު ނުކުރެވޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
ނާއިފް ވިދާޅުވީ ޕޮލިސް ވެރިފިކޭޝަން އެއްވިޔަސް އައިޑީކާޑު ވިޔަސް، ލައިސެންސު ކާޑު ވިޔަސް އަދި ހަމަ އެހެންމެ ދުއްވާ ސައިކަލުގެ ރަޖިސްޓްރޭޝަން އިންޝުއަރެންސް އަދި ފީތައްވެސް، ފިޒިކަލީ ދައްކާކަށެއް މިހާރަކު ދިވެހި ރާއްޖެއަކު ނުޖެހޭނެ ކަމަށެވެ. އެހާވެސް ދިވެހިރާއްޖެ އޮތީ ޑިޖިޓަލައިޒް ވެފައި ކަމަށް ނާއިފު ވިދާޅުވެފައިވެއެވެ.
ޤައުމު އެ ލެވަލްއަށް ރައީސް ޔާމީން ގެނެއްސަ އޮތް ޤައުމެއް މީ، ޑިޖިޓަލްކޮށް އަޅުގަނޑުމެން މި ޕާސްޕޯޓް ވެސް ހަދަން ވެގެން މިހާރު ހަމަޖެހެނީ ފޮޓޯއެއް ނަގާ ފޮނުވާލާފަ އައިޑީކާޑުވެސް ނުޖެހޭ އިނގޭތޯ ފޮޓޯ ފޮނުވާ ކަށެއް އެލެވަލްއަށް ޤައުމު އައިސް، ދެން ކޮން ކަމެއް އޮޅުވާލަން ކޮންބަޔަކަށް ހުވަފެނެއް ދައްކަން ކުރިކަމެއްތޯ އެއީ އަޅުގަނޑުމެން ކުރަން ޖެހޭ ސުވާލަކީ.
ދިވެހިރާއްޖެގައި މިހާރު ޑިޖިޓަލައިޒޭޝަންއިން އެންމެ އުދަގޫކަމަކަށްވެފައި އޮތި ޒުވާން ވިޔަފާރި ވެރިންނަށް އިންޓަނޭޝަނަލް ޓްރާންސެކްޝަން ހިންގުމަށް އަންނަ ދަތިތައް އެކަނި ކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކޮށްފައެވެ.
ޑިޖިޓަލްގެ ވާހަކަ އެމަނިކުފާނު ދައްކަވާއިރު، އެންމެ ފުރަތަމަ ޤައުމު އޮތް ހާލަތު ޔަގީން ކޮށްލަން މުހިންމު ކަމުގައި ނާއިފް ވަނީ ވިދާޅުވެފައެވެ.