March 10, 2026
Advertisement
ކަނޑިތީމުދާއިރާގެ މެންބަރު އަމީން ފައިސަލް
ކަނޑިތީމުދާއިރާގެ މެންބަރު އަމީން ފައިސަލް / ސޯޝަލް މީޑިއާ

އިސްތިއުފާ ދެއްވާ ކައުސިލަރުންގެ މަޤާމަށް އަލުން މެންބަރުން އިންތިހާބު ކުރުމާމެދު ސަރުކާރުން ދެކޮޅު

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 13, 2025, 10:42 PM
މާލެ ސިޓީ

އިސްތިއުފާ ދެއްވާ ކައުސިލަރުންގެ މަޤާމަށް އަލުން މެންބަރުން އިންތިހާބު ކުރުމާމެދު ސަރުކާރުން ދެކޮޅުހެއްދެވުން، އެއީ ބަލައި ނުގަނެވޭނެ ކަމެއްކަމުގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެެވެ.

Advertisement

ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރާތައް ހިންގުމުގެ ގާނޫނަށް ގެނެސް ފައިވާ އިސްލާހާއި ގުޅިގެން އަމީން ވިދާޅުވީ މިއީ ލާމަރުކަޒީ ގާނޫނަށް މިސަރުކާރުން 20 ވަނަ މަޖިލީހުގައި އިސްލާހު ގެންނަ ތިންވަނަ ފަހަރު ކަމަށެވެ.

މިސަރުކާރުން ހަރަދު ކުޑަކުރުމަށް އަޅާ ހަމައެކަނި ފިޔަވަޅީ ކައުންސިލަރުން އަަލުން އިންތިހާބު ނުކުރުން ކަމުގައި ފާހަގަކުރައްވާ އެބޭފުޅާ ވިދާޅުވީ، ކަނޑިތީމު ދާއިރާގައިވެސް ސަރުކާރުން އިހުމާލުވެފައިވާ ޕްރޮޖެކްޓް ތަކެއް ހުރި ކަމުގައެވެ. އެގޮތުން 95 ޕަސެންޓް ނިމިފައި ހުރި އިންޖީނުގެ، ރިލޮކޭޓް ކުރެވޭނެ ގޮތެއްވެސް މިސަރުކާރުން ހޯދައި ދީފައި ނުވާކަމަށެވެ.

ހަރަދުކުޑަކުރުމުގެ ނިޔަތުގައި ކައުންސިލަރުން އަަލުން އިންތިހާބު ނުކުރުމަށް ނިންމަވާއިރު ގިނައަދަދެއްގެ މީހުން ވަޒީފާތަކަށް ނަގަމުން ދާކަމާއި މެދު އެބޭފުޅާވަނީ ފާޑު ކިޔާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved