

ވެރިރަށް މޭލެ ތެރެއަށް ބަރު ހަތިޔާރާއެކު ސިފައިން ނިކުމެ ހަރަކާތްތެރިވާން ފަށައިފި އެވެ.
މި މަންޒަރު ފެންނަ ވީޑިއާ ޝޯޝަލް މީޑިއާގައި އަންނަނީ ދައުރު ވަމުން ނެވެ.
ސިފައިން މާލެތެރެއަށް ހަތިޔާރާއެކު މި ނިކުތީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ, ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމުގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުން، އަމަލުކުރާ ގޮތާއި ދެކޮޅު ހެދުމުގެ ގޮތުން މަޖިލިސް ދޮށަށް ގިނަ ރައްޔިތުން ޖަމާވެފައި ވަނިކޮށެވެ.
ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
އެހެންކަމުން މި ވަގުތުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމުން އެ ދެ ބޭފުޅުން ވަނީ ވަކިވެފަ އެވެ.
މިކަމާއި އިހްތިޖާޖު ކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން އަންނަނީ މަގުތަކަށް ނިކުމެ އަޑު އުފުލާ ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދެއްކުން ހުއްޓާލުމަށް އެދި ގޮވަމުން ނެވެ.
ސިފައިން ބަރުހަތިޔާރާއެކު މަގުމައްޗަށް މި ނުކުތީ މަޖިލިސް ދޮށައް އެއްވި މީހުނަށް "ގޮތް ދައްކާ" ބިރުގެންނެވުމުގެ ގޮތުން ކަމަށް ބެލެވެ އެވެ.
ސިފައިން ބަރުހަތިޔާރާއެކު މާލެތެރެއަށް މިއަދު ނިކުމި ސަބަބާއި ގުޅިގެން ސިފައިން އަދި ވާހަކަ އެއް ނުދައްކަ އެވެ.