March 10, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގެ ތެރެއިން
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގެ ތެރެއިން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ޑިނައި ކުރުމަށްފަހު ލަންބާ ޗޯޅާ އެކްސްޕްލެނޭޓަނެއް ދޭކަށެއް ނުޖެހޭ: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 15, 2025, 07:41 PM
މާލެ ސިޓީ

ޑިނައި ކުރުމަށް ފަހު ލަންބާ ޗޯޅާ އެކްސްޕްލެނޭޝަނެއް ދޭކަށެއް ނުޖެހޭނެ ކަމުގައި ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައިސް ޑރ. މުހައްމަދު މުއިއްޒުގެ 14 ގަޑިއިރުގެ ނިއުސް ކޮންފަރެންސް ގައި ނޫސްވެރިއަކު ކުރި ސުވާލަށް އެމަނިކުފާނު ދެއްވި ޖަވާބުން ރައްޔިތުން މިވަގު ތިބީ ވާނުވާވެފައި ކަމަށެވެ.

ދިމްޔާތުން ނެރޭ ކުލަކުލައިގެ ދަބަސް ތަކާއި ފަންސާސް ހާސް ރުފިޔާއާއި ބެހޭ ގޮތުން ނޫސްވެރިޔާ ސުވާލު ކުރުމުން އެމަނިކުފާނު އެކަމަށް އިންކާރު ކޮށްފައި ވާކަމައްވިޔަސް އިރުކޮޅަކަށްވެސް އެމަނިކުފާނުގެ ބަސްފުޅުމަތީ ސާބިތުވެ ނުހުންނެވުނު ކަމުގައި ވެސް ރައީސް ޔާމީން ވަނީ ޖަލްސާގައި ވިދާޅުވެފައެވެ.

ފުރަތަމަ ޑިނައި ކުރީ، އައުޓް ރައިޓް ޑިނައި ކުރީ، އިނގޭތޯ! ޑިނައި ކުރީމަ ހަމަ ނޫސްވެރިޔާ އެކި އެކި ހުއްޖަތްތައް ދައްކަން ފެށީ، ދަބަސްތައް ހިފައިގެން ނުކުމެ، އަނެއްކާ އެމްޕީއިން ނުކުމެ ދެން އެހިސާބުން ދިމްޔާތަކީ މިތާހުރި އެންމެ ބޮޑު ގެސްޓްހައުސް ހުރިހާ ފާޑެއްގެ ދަބަހެއް ހުރިހާ ފާޑެއްގެ އެއްޗެއް އަޅައިގެން ނުކުން ނާނެ ކަމަށް އެކި ކުލަކުލައިގެ ދަބަސް ދެން ވާހަގައިގެ ނެރޭޓިވް ބަދަލުވެގެން ދިޔައީ އިނގޭތޯ

ރައީސް ޔާމީން

ރައިސް މުއިއްޒު އަމިއްލަފުޅަށް ވިދާޅުވާ ބަހުގައި ސާބިތުވެ ހުންނަހާ ޤާބިލުކަމެއްވެސް އެމަނިކުފާނު ކިބައިގައި ނެއްކަމުގައިވެސް ރައިސް ޔާމީން ވަނީ ވިދާޅުވެފައި ވެއެވެ.

ކަނޑައެޅިގެން އިންކާރު ކުރުމަށް ފަހު، އެވާހަކައިގެ ރާގު ބަދަލުވުމުން ރައްޔިތުން މިއަދު މިތިބީ ވަރަށް ބޮޑަށް ސުވާލު އުފެދިފައި ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved