March 28, 2026
Advertisement
 ނޫރުﷲ ސައިދް
ނޫރުﷲ ސައިދް / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

މިއަދު ރާއްޖޭގައި އޮތީ މިނިވަން ޖުޑީޝަރީއެއް ނޫން: ނޫރު

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 15, 2025, 10:34 PM
މާލެ ސިޓީ

މިއަދު ރާއްޖޭގައި އޮތީ މިނިވަން ޖުޑީޝަރީއެއް ނޫންކަމުގައި ޕީއެންއެފްގެ ފައުންޑިން މެންބަރ ނޫރުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

Advertisement

ޗެނަލް13 އިން ކުރިއަށް ގެންދާ ނިއުސް ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެބެފުޅާވިދާޅުވީ ރާއްޖެގެ ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮއްފައިވާ މީހެއްގެ ހައިސިއްޔަތުން، ދިވެހި ރާއްޖޭގައި މިނިވަން ޖުޑީޝަރީއެއް އޮތުންމަކީ ހުވަފެނެއް ކަމުގަ އެވެ. އަދި އެކަމަކީ މިހާތަނަށްވެސް ނުވެފައި އޮތް ކަމެއްކަމަށެވެ.

މިހާރު ޤައުމުއޮތް ހާލަތު ބަޔާން ކޮށް އެބޭފުޅާ ވިދާޅުވީ، ޤައުމު މިހާރުއޮތީ ދިވެހިރާއްޖޭގެ އާ ޤާނޫނު އަސާސީ ހެދުމުގެ ކުރީގަ އޮތް ހާލަތަށް ވުރެވެސް މާދެރަވަރު ހާލަތެއްކަމުގައި އެބޭފުޅާ ވަނީ ހާމަކޮށްފަ އެވެ.

ކޮންމެ ސިސްޓަމެއް ގަވެސް ހުންނާނެ ރަނގަޅު ކޮއްލަންޖެހޭ ކުދިކުދި ކަންކަން، އެގޮތުން މި ޖުޑީޝަރީވެސް %100 ހަގީގަތުގަ މިނިވަންވެފަ އޮންނަކަހަލަ ގޮތަކަށް ނޫން އޮތީކީއެއް އެކަމަކުވެސް ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅު މަޖިލީސް އޮތީ ވަކިވެފަ، ރައިސުލް ޖުމުހުރިއްޔާގެ ބާރުތައްވެސް އޮތީ ވަކިވެފަ، ޖުޑީޝަރީވެސް އޮތީ ވަކިވެ ދެން ކޮންމެސް ވަރެއްގެ އިންފުލުވެންސް ތަކެއް ހުއްޓަސް އިނގެތޯ ދެން އަޅުގަނޑުމެންގެ އުންމީދަކަށްވީ، އެބައިވެސް ރަނގަޅު ކުރެވޭނެ ކަމަށް

ނޫރު

ރައްޔިތުން ވޯޓުދީގެން އިންތިހާބު ކޮއްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ސިޔާސީ ޕާޓީއެއްގެ ފިޔަވަޅުއަޅާ ކޮމެޓީން ވަކިކުރުމުގެ އުސޫލަކީ، އެއްވެސް ގައުމެއްގައި އޮންނަ އުސޫލެއް ނޫން ކަމުގައި ވެސް އެބޭފުޅާވަނީ ވިދާޅުވެފަ އެވެ.

މިއަދު ޤައުމުގެ ހުރިހާ މިނިވަން މުއައްސަސާ ތަކެއްވަނީ ރައިސުލް ޖުމުހުރިއްޔާގެ މުށުތެރޭގައި ކަމުގައި އެބޭފުޅާވަނީ ވިދާޅުވެފަ އެވެ. އަދި މއި ޖުޑީޝަރީގެ މިނިވަން ކަމަށްވުރެ މާނުރައްކާ ކަމެއް ކަމުގައިވެސް އެބޭފުޅާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved