March 28, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގެތެރެއިން
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގެތެރެއިން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޝަކުވާތައް ބަލަގަންނާނޭ އެޕެއް ތައްޔާރުކޮށްލަން 6 މަސް: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 16, 2025, 03:44 AM
މާލެ ސިޓީ

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޝަކުވާތައް ބަލަގަންނާނޭ އެޕެއް ތައްޔާރު ކޮއްލަން ހަމަސް ދުވަސް ނަގަން ޖެހޭ ސަބަބެއް ނެތް ކަމުގައި ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ، މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކުޑަކުޑަ އެހެނަސް ވަރަށް މުހިންމު އެޕެއް ތައްޔާރު ކޮއްލަން އޮކްޓޯބަރު މަހާހަމަޔަށް ދައްމާލާއިރު، މި ދަރިވަރުންގެ މައުލޫމާތު ތަކަކީ ދަފްތަރުގައި ލިޔެވިފައި ހުންނަ އެއްޗިއްސަށް ވާއިރު އެޕަކަށް ބަދަލުކޮއްލަން މިހާ ދިގު މުއްދަތެއް ނަގަން ނުޖެހޭނެ ކަމަށެވެ.

ޑިޖިޓަލައިޒްޑް މިއޮތީ ރާއްޖެ ކޮށްފަ، އެކަމަކު މިވަރުގެ ކުދިކުދި ކަންތައް އެކަމަކު މުހިންމު ކަންތައް، އެޕެއް ހަދާލަން އަނެއްކާ މިއެޕް އިނގޭތޯ ރަނގަޅަށް ވެއްޖިއްޔާ، ކޮންމެވެސް ބޭރުބަޔަކަށް ދޭނީ އޭރަށް އަނެއްކާ ކަޓެއް ނެގޭނެތާ، ދިވެހި ކުދިން އެބަތިބި މިވަރު އެޕް ތައްޔާރުކުރާ. ބައިވަރު ދިވެހި ކުދިން އެބަތިބި، ކީކޭތޯ މީނަ މިދައްކަވަނީ ، މީނަ މިދައްކަވަނީ ކޮންވާހަކައެއްތޯ؟ މީނަ މިދައްކަނީ މިކަހަލަ ކުޑަކުޑައެޕެއް ތައްޔާރު ކޮއްލަން އަދި ތިމަންނަ ބޭނުމޭ ހައެއްކަ މަސްދުވަސް ކުރިއަށް އޮތް! ކޮބައި ތޯ ޑިޖިޓަލައި ޒޭޓަން؟ ކޯއްޗެއްތޯ އަޅުގަނޑުމެން އެޗީވްކުރަން މިއުޅެނީ؟

ރަޢީސް ޔާމީން

އެމަނިކުފާނު ފާހަގަ ކުރައްވާގޮތުގައި، ރާއްޖެއިން ބޭރުގައި މިވަގުތު ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންގެ ޝަކުވާ ބަލައިގަތުމަށް މި އެޕްލިކޭޝަން ވާނީ ވަރަށްވެސް މުހިންމު އެއްޗެއް ކަމުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved