April 17, 2026
Advertisement
ޑރ. ޖަމީލް
ޑރ. ޖަމީލް / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ޖޭއެސްސީ ކޮންޓްރޯލް ކުރަނީ ވެރިކަން ކުރާ ބާރުން: ޑރ ޖަމީލް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 16, 2025, 04:16 AM
މާލެ ސިޓީ

ޖޭއެސްސީ ކޮންޓްރޯލް ކުރަނީ ވެރިކަން ކުރާ ބާރުން ކަމުގައި ކުރީގެ ނައިބުރައީސް ޑރ މުހަންމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެބޭފުޅާވިދާޅުވީ އިންވެސްޓަރުން އެގައުމަކަށް އަންނައިރު ބަލާއެންމެ މުހިންމު އެއްކަމަކީ އެޤައުމެއްގެ ޖުޑީޝަލް ސިސްޓަމް ނުވަތަ ޖުޑީޝަރީ މިނިވަންކަން އޮންނަނީ ކިހާވަރަކަށް ކަމެވެ.

އިންވެސްޓަރުން އެގަުމަކަށް އަންނަން ބަލާ އެންމެ މުހިންމު އެއް މިންގަނޑު ތެރޭގައި ދުނިޔޭގަ ބަލާ ވަރަށ މުހިން މު އެއް މިންގަނޑެއް އެޤައުމުގަ އޮންނަ ޖުޑީޝަލް ސިސްޓމްއިނގޭތޯ ޝަރީޢީނިޒާމގެމިނިވަން ކަންނުވަތަ ޖުޑީޝަލް އިންޑެޕެންޑެންސް އޮންނަނީ ކިހާވަރަކަށް ކަން

ޑރ ޖަމީލް

ބޮޑެތި ގައުމުތަކަށް އިންވެސްޓަރުން ލިބެނީ އެޤައުމުގެ ޖުޑީޝަރީ ނިޒާމުގައި ހަރުދަނާ ކަމެއް އޮންނާތީ ކަމަށާއި، ރޫލް އޮފް ލޯގެ އިތުބާރު އޮންނާތީ ކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ދިވެހި ރާއްޖޭގައި ޖުޑީޝަރީ މިނިވަންކަން ނެތްކަމާއި ގުޅިގެން ވަރަށް ގިނަ ޤައުމުތަކުންނާއި ޖަމިއްޔާތަކުން ވަރަށް ބޮޑަށް އަޑު އުފުއްލަވާ ކަމުގައި އެބޭފުޅާވަނީ ވިދާޅުވެފައެވެ. ސަރުކާރުން ރާއްޖޭގެ ޖުޑީޝަރީގެ މިނިވަންކަން ނިގުޅައިގެންފައި ވާކަމަށް ވެސްވަނީ އެޤައުމުތަކުން ބުނެފައެވެ.

އެންމެ ބޮޑަށް އެޤައުމުތަކުން ބާރު ދޭއެއްކަމަކީ ޖުޑީޝަލް ބްރާންޗަށް އެގްޒެކްޓިވުންނާއި ލެޖިސްލޭޗާ ގެފަރާތުން ސީދާ އަދި ނުސީދާ ގޮތުންއެއްވެސް ކަހަލަ ނުފޫޒެއް އައިސްގެން ނުވާނެ ކަމުގައިވެސް އެބޭފުޅާ ވިދާޅުވެފައި ވެއެވެ.

އިންޑެޕެންޑެންސް އޮފް ޖުޑީޝަރީގެ އެންމެ މުހިންމުއެއްކަމަކީ ފަނޑިޔާރުންނަށް ސަރުކާރުން ބިރެއް ނުފޫޒެއް އައިސް ގެން ނުވާނެ ކަމެވެ. މިފަދަ ނުފޫޒެއް އަން ނަ ނަމަ އޭގެ މާނައަކީ އެ ޖުޑީޝަރީއެއްގައި އިންޑެޕެންޑެންސް އެއް ނެތްކަން ކަމުގައި ވެސް އެބޭފުޅާ ވަނީ ވިދާޅުވެފެއެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved