

ދިވެހިރާއްޖޭގައި މިއަދު ބަދަލު ކުރަންވީ ހަމައެކަނި ވެރިމީހާ އެކަނިނޫން ކަމުގައި ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޕީއެން އެފް ފްރޮންޓް އޮފީހުގައި ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ އިދާރާތަކަކާއި ސިސްޓަމްތައް މިއަދު މިއޮތީ އޯވަހޯލް ކޮށް ރީބޫޓް ކުރަން ޖެހިފައި ކަމަށެވެ.
އޭސީޕީ މުހަންމަދު ރިޔާޒް ފަދަ ބޭބޭފުޅުންނަކީ އެ މުއައްސަސާގައި ބޭއިންސާފުން މަސައްކަތް ކޮއްފައިވާ ބޭފުޅުން ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ މުޢައްސަސާއަށް ނުލިބެނީތޯ މިނޫން ބަޔަކު؟ މިނޫން ބަޔަކު ނުލިބެނީތޯ؟ ދެން ކިހިނެއްތޯ ފުލުހުންގެ މުއައްސަސާއަށް އަޅުގަނޑުމެން، ކިހިނެއްތޯ އަޅުގަނޑުމެން މިގޮތަ މީހުން ނަގާ ދުވަހަކުވެސް މީންމީހަކު އެއްލާލެވޭތަނެއް ނާދޭ އެއްލާލާފިއްޔާ އަނބުރާ އިޔާދަކުރޭ ދޮވެލާފަ ގެނެސްލީމަ ހުދުކާފޫރައް ވެގެން އެބަދޭ. މިކަހަލަ ކަންތައް މިކޮށްދެނީ ފަނޑިޔާރުން ދެން ކޮން ރެސްޕެކްޓެއް ތޯ ފަނޑިޔާރުންނަށް އޮންނާނީ.
ޤާނޫނުތަކުގެ މެއިން ބެކްބޯން ހުރީ ރަނގަޅައް ކަމަށާއި އެހެންނަމަވެސް އެތަނުގައި އިސްކޮށް ތިއްބަވާ ބޭފުޅުންނަކީ، މީހުން ކަންކަމުގައި ފްރޭމް ކުރާ ބައެއްގޮތުގައި ވެގެން ނުވާނެކަމަށާއި އަދި ޤާނޫނުތަކަށް އިތުރު ތަފްސީލު ގެނެސް ފުރުސަތުތައް ހަނިކޮށް މުއްދަތުތައް ކަނޑައަޅަން ޖެހޭ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
އޭސީސީންނާއި އޮޑިޓަރ ގެނެރަލް ގެ އޮފީހުންވެސް މަސައްކަތް ފުރިހަމައަށް އަދާ ނުކުރެވޭ ނަމަ މަޤާމުން ދުރުވިޔަސް އެމަޤާމުތަކަށް މިވަގުތުވެސް މީހުން ލިބޭނެ ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަދި މިއާއި އެކު ދިވެހި ރާއްޖެއަށްމިވަގުތު ބޭނުން ވަނީ ކޮމްޕްރޮމައިޒް ނުވާނެފަދަ ލީޑަރެއް ކަމުގައި ވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.