ކުޅުދުފުށީ މޭޔާރ އާތިފު / ސޯޝަލް މީޑިއާ
ސިޔާސީ
ކައުސިލަރުން މަދުކުރުމުގެ ބަދަލުގައި ސިޔާސީ މުވައްޒަފުން މަދުކޮށްފި ނަމަ ފައިދާ ބޮޑުވާނެ: އާތިފު
Mariyam Ibrahim
މަރިޔަމް އިބްރާހިމް
17 މޭ 2025
މާލެ ސިޓީ

ރަށު ކައުންސިލްތަކަށް އައްޔަން ކޮށްފައިވާ މެމްބަރުންގެ އަދަދު މަދުކުރުމަށް ވުރެ، ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައިވާ މީހުންގެ އަދަދު މަދުކޮށްފި ނަމަ ފައިދާ ބޮޑުވާނޭ ކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެ އެވެ.

ރައިސް މުއިއްޒު ވިދާޅުވެފައިވަނީ 2000 މީހުންނަށްވުރެ އާބާދީ ދަށް ރަށްރަށުގައި ތިން ކައުންސިލަރުން، އަދި އެއަށް ވުރެ އާބާދީ ބޮޑު ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭ ގޮތަށް ގާނޫނު އިސްލާހު ކުރައްވާނޭ ކަމަށެވެ. އަދި ިއާއިއެކު އަތޮޅު ކައުންސިލްތައް އުވާލަން ވެސް ރައީސް މުއިއްޒު ވަނީ ނިންމަވައިފަ އެވެ.

މިނިންމެވުމާއި ގުޅޭ ގޮތުން ފޭސްބުކްގައި ރައީސް މުއިއްޒަށް ބަހުގެ ހަމަލާތަކެއް ވަނީ މޭޔަރު އާތިފު ރައްދު ކުރައްވައިފައެވެ.

ރަށްރަށުގެ ކައުންސިލް ތަކުގައި ވަރަށް ގިނަ މައްސަލަތައް ހުރިކަމުގައި ރައިސް ވިދާޅުވީ ނަމަވެސް ސަރުކާރަށް 1 އަހަރާއި 6 މަސް ވެގެން ދާއިރު ކުޅުދުއްފުށީގައި ކުރިޔަށްދާ ގިނަ މަޝްރޫތަކުގައި ހަރަކާތްތަކަކީ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތްތައް ކަމުގައިވެސް އާތިފު ވަނީ ފާހަގަ ކޮށްފައެވެ.

އާތިފު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުގެ އަދަދު މަދުކުރުމުގެ ބަދަލުގައި މަސައްކަތެއް ނެތި އައްޔަނުކޮށްފައި ތިބި ސިޔާސީ މަގާމުތައް މަދުކުރުމުން ހަރަދު ކުޑަވެ ދައުލަތުގެ ހިންގުން ހަރުދަނާ ވެގެންދާނެ ކަމަށެވެ

ރައްޔިތުން އިންތިހާބުކުރާ މީހުން މަދުވި ވަރަކަށް ސަރުކާރުތަކުން ބޭނުންހާގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އާތިފު ވިދާޅުވި އެވެ.








ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved