March 29, 2026
Advertisement
ނޫރު
ނޫރު / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ބުޅަލަށް ވުރެ ރަނގަޅަށް ބަލަހައްޓަން ޖެހެނީ އިންސާނުން: ނޫރު

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 17, 2025, 11:21 PM
މާލެ ސިޓީ

ބުޅާތަކަށް ހިޔާއެއް ހަދައިގެން އުޅޭއިރު އާސަންދަ އޮތީކޮން ހާލެއްގައިތޯ ބަލަން ޖެހޭ ކަމުގައި ޕީއެންއެފް ގެ ފައުންޑިން މެންބަރު ނޫރުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

Advertisement

ޗެނަލް 13 އިން ކުރިއަށް ގެންދާ ނިއުސްޓޯކް ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ނޫރު ވިދާޅުވީ، މިއަދު ދިވެހިރާއްޖޭގައި ވަޒީފާނެތިފައި ދެކޮޅު ނުޖެހޭ އެތައްބައެއް ތިބިއިރު ދިވެހިރާއްޖޭގެ އިޤްތިސާދު ވެސް ނެތްފަދައޭ ބުނުން ދޮގަކަށް ނުވާއިރު އަދިވެސް ރާއްޖޭގައި ބުޅާ ފެސިލިޓީސް ގާއިމް ކޮށްގެން ބުޅާތައް ބެލެހެއްޓުން މިސަރުކާރަށް މުހިންމު ކަމުގައި އެވެ.

30 ބުޅާ ބަލަހައްޓަން 40 ޕޮލިޓިކަލް މީހުން ތިބީމަ ދެން އިޓް މޭކްސް ނޯ ސެންސް ދެއްތޯ؟ ހަމަ ޖޯކެއްތާދެއްތޯ އެއީ؟ ދެން އަޅުގަނޑު މީ އެ މިނިސްޓަރ ނަމަ، ދެން އަންހެން މިނިސްޓަރެއްވީމަ އަޅުގަނޑު ވަރަށް އިޙުތިރާމުވެސް ކުރަން އިގޭތޯ! ވަރަށް އެޑިއުކޭޓް ރަނގަޅުބޭފުޅެއް އިނގޭތޯ، އެކަމަކު އެކަމަނާއާއިވެސް ހަވާލު ކުރެއްވި މަސައްކަތެއްތާ ކުރެވޭނީ މަސައްކަތް ތައް ހަވާލުކުރައްވާ ރައިސުލް ޖުމުހުރިއްޔާ ހަވާލު ކުރީމަ ކުރަން ތާ ޖެހޭނީ! އެހެން ވީމަ ވަރަށް ދެރަވަރު ހާލަތެއްގައޭ އަޅުގަނޑު ދަންނަވާނީ ކީކޭތޯ ވިދާޅޫވާނީ އޭހަމަ ބޮޑު ޖޯކެއް އެއީ.

ނޫރު

ބުޅަލަކީ އޭގެ ޒާތުގައިވެސް އަމިއްލައްށް ޝިކާރަކޮށްގެން ކައިއުޅޭ އެއްޗެއް ކަމަށާއި އަޅުގަނޑުމެން އިންސާނުން އެޔަށް އަޅާ ނުލިޔަސް ސަވައިވް ކުރުމުގެ ޤާބިލިކަން ލިބިފައި ވާއެއްޗަކަށް ވާއިރު މިއަދު ސަރުކާރުން އިންސާނުންނަށް ވުރެ ބޮޑަށް ބުޅާއިސް ކޮށްފި ކަމުގައިވެސް ނޫރުވަނީ ވިދާޅުވެފައި އެވެ.

ޤައުމުގެ ލެވަލް ގައި އަޅުގަނޑުމްން ދައްކާވަރަށް ވުރެވެސް ދަށްފަންތީގެ މަސައްކަތް ތަކެއް ކަމުގައި ނޫރު ވަނީ ފާހަގަކުރައްވާފަ އިވެ.

މުއިއްޒުގެ ވެރިކަންގެނައީ ބުޅާ ބަލަހައްޓަން ނޫން ކަމަށާއި މުއިއްޒު އަށް ހަވާލުކުރީ ޤައުމުގެ އިޤްތިސާދު ރަނގަޅު ކުރުމަށް ކަމަށް ނޫރު ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved