March 28, 2026
Advertisement
ޑރ. ޖަމީލް
ޑރ. ޖަމީލް / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ރައީސް ސޯލިހުގެ ވެރިކަމުގައި ކުރެއްވިހާވެސް ކަމަކީ ރައީސް ޔާމީން ޖަލުގައި ބެހެއްޓެވުން: ޑރ ޖަމީލް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 19, 2025, 09:57 PM
މާލެ ސިޓީ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކުރެއްވިހާވެސް ކަމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބެހެއްޓެވުން ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

Advertisement

ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ، ރައީސް ސޯލިހު ވެރިކަމުގައި ވޭތުކުރި ފަސް އަހަރާއި ދޭތެރޭ އަދުލުވެރި ހިތަކުން ވިސްނާލިނަމަ އިނގޭހާ އެއްޗަކީ އެމަނިކުފާނު ކުރެއްވިހާވެސް ކަމަކީ ރައީސް ޔާމީން ޖަލުގައި ބެހެއްޓުން ކަމަށެވެ.

އަދުލުވެރި ހިތަކުން ބުނާނީ އިބޫ ކުރެއަވިހާވެސް ހަމައެކަނި ކަމަކީ ރައީސް ޔާމީން ޖަލުގައި ބެހެއްޓުން އިނގޭތޯ، އަދުލުވެރިހިތަކުން! އަދި އެކަން ކުރުމުގައި، އެހެރީ ޕޮލިސް ބޭނުން ކޮއްފައި ހުރި ގޮތް، މުހަންމަދު ރިޔާޒްމެން ގެ އޯޑިޔޯ ދެއްތޯ؟ މުހަންމަދު ރިޔާޒް މެން އެ މަޤާމުގައި ތިބެގެން އޭގެ މާނައަކީ، ކަނޑައެޅިގެން ރައްޔިތަކު، ފަރުދަކު، އަދި މީ ރައީސް ޔާމީން، ރައީސް ޔާމީނަށް ވީމަކައެއް ނޫން. ރައިސް ޔާމީނަކީވެސް ދިވެހި ފަރުދެއްވެސްމެ. އަދި ޙިދުމަތް ތަކެއް އިތުރަށް ކުރެއްވި އެކަމަކު ބައްލަވާ ހަމަ ސީދާ ފްރޭމް..

ޑރ ޖަމީލް

އެމްޑީޕީގެ ލީޑާޝިޕަށް ވަޑައިގެންނެވި ބޭފުޅުންނަށް ރައްޔިތުން ކުރެއްވީ ވަރަށް ބޮޑު އުންމީދެއްކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

އެމްޑީޕީއަށް ނިސްބަތްވާ، ރައީސް ސޯލިހު ވެރިކަމަށް އައުމުގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޖުޑީޝަރީ ތެރެއަށް ވަރަށް ބޮޑެތި ނުފޫޒުތަކެއް ފޯރުވައިފައި ކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

އަދި ދިވެހިރާއްޖޭގެ ރައްޔިތުން ރަނގަޅު ބަދަލެއް އުންމީދު ކޮއްގެން އިންތިހާބު ކުރެއްވި ބޭފުޅާވެސް ފަސް އަހަރު ގައި ފޯކަސް ކޮއްފައި ވަނީ ހަމައެކަނީ ރައީސް ޔާމީން ޖަލުގައި ބެހެއްޓުމަށް ކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved