އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީއަށް މީހަކު އެއްޗެއް ބުނެގެން ދިވެހިން ލަދުގަންނާކަށް ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރަގެ މެންބަރު މުހައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.
މުސްޠަފާ މިފަދައިން ވިދާޅުވެފައިވަނީ މޯދީ ދިވެހިރާއްޖެ ބޮއިކޮޓު ކުރުމަށް ގޮވާލި ގޮވާލުމާއި ދެކޮޅަށް ބަސްބުނުމާއި ގުޅިގެން ސަރުކާރުގެ 3 ނައިބެއް ސަސްޕެންޑް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އެކްސްގައި އޭނާ ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ މޯދީ އަށް އެއްޗެހި ގޮވާގެން ދިވެހިން ލަދުގަންނަށް ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.
އިތުރަށް އޭނާ ވަނީ ދިވެހިންނަކީ އިންޑއާއިން ދިނީމައި ކައިގެން ބޮއެގެން އުޅޭބައެއް ނޫން ކަމަށްވެސް ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ މި ސަރުކާރުގެ އިސްވެރިން މޯދީގެ ދަށުވެފައި ތިބި ކަމުގައި ވިނަމަވެސް ހުރިހާ ދިވެހިން ތިބީ މޯދީގެ ދަށުވެފައެއްނޫން ކަމަށް އޭނާ ވަނީ އެ ޕޯސްޓުގައި ވިދާޅުވެފައެވެ.
އިންޑިއާ އާއި ރާއްޖޭއާއި މެދު ހަމަ ނުޖެހުމަށް ގޮސް މަޝަރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ވެސް ސަރުކާރުން އިންޑިއާގެ ދިފާއުގައި މަސައްކަތް ކުރަމންދާކަމުގެ ތުހުމަތު އެކި އެކި ބޭފުޅުން އަންނަނީ ކުރަމުންނެވެ.