March 29, 2026
Advertisement
ޑރ. ޖަމީލް
ޑރ. ޖަމީލް / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ބޭނުން ނުވާނެ މިންވަރަކަށް ސިޔާސީ މީހުން ނަގައި ރައްޔިތުން ކަންނެއް ކޮށްފި: ޑރ. ޖަމީލް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 20, 2025, 11:16 PM
މާލެ ސިޓީ

ބޭނުން ނުވާނެ މިންވަރަކަށް ސިޔާސީ މީހުން ނަގައި ރައްޔިތުން ކަންނެއް ކޮއްފިކަމުގައި ކުރީގެ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްއިން އާދީއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ، ރައިސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކޮށްފައި ތިބި ގިނަ ސިޔާސީ ބޭފުޅުންނަކީ މަސައްކަތެއް ނުކޮށް މުސާރަ ނަގާ ބައެއްކަމަށެވެ.

އެބޭފުޅާ ވިދާޅުވީ ސިޔާސީ މަގާމުތަކަށް އެމަނިކުފާނު އައްޔަންކޮށްފައި ތިބި ގިނަ މީހުންނަކީ ސޮއިކުރުމަށް ފަހު ނުވަތަ ފިންގާ ޖަހާފައި ގޮސް، ކަންވާރު ހިފައިގެން މަސް ބާނަން ދާ މިހުން ކަމަށާއި އަދި މި މީހުންނެކޭ ބެންކޮކަށް ދާމީހުންނެކޭ ވަކި ތަފާތެއް ނެތް ކަމުގައެވެ.

ފުލްޓައިމް މުސާރަ ނަގައިގެން އެތާކައިރީގަ އޮންނަ ފައްތިޔާއަށް ގޮއްސަ މިޔަރަށް ކާން ދޭން ތިބޭމީހުންވެސް، ކޮބާ ތަފާތަކީ ތިބުނާ ބެންކޮކަށް ދާ މީހުންނާ އެހެން މީހުންނާއި؟ ދެން މުއިއްޒު އައްޔަން ކޮށްފަ ތަންތާގަ ތިބި މި ބޭރު ގައުމުތަކުގެ ސަފީރުނަށް އަލީ އާރިފުގެ ބަފައިބެއާއި ދެެން ހުރި މީހަކާ އަނެކަކާ މިސާލަކަށް ބުނާކަމަށް ވަންޏާ ޔޫކޭ އެމްބަސީގަވެސް ތިބި އެންމެ އިސްކޮށް ތިބި ދެ މީހުންނަކީ ފޭކު ސެޓިފިކެޓު އެމީހުން އަތުގަވެސް ނެތް ރަނގަޅު ސެޓިފިކެޓު ގަނޑެއްވެސް.

ޑރ. ޖަމީލު

ރައިސް މުއިއްޒު ސިޔާސީ މަޤާމުތަކަށް އައްޔަން ކޮށްފައި ތިބީ މިފަދަ މަޤާމުތަކަށް ނާގާބިލު ދޮގު ސެޓްފިކެޓް ތަކެއްގައި އައިސްތިބި ބައެއް ކަމުގައި ވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ބުޅާ ފެސިލިޓީއަށް 30 ބުޅާ ބަލަހައްޓަން 48 މެންބަރުން އައްޔަން ކުރުމަށްފަހު ވާލާއި ކާޅާއި އެކީ އުޅެން ބުނި ފަދައިން ދެން ވިދާޅުވާނީ މީދަލާ އެކީ އުޅެެން ކަމުގައިވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ރައިސުލްޖުމުހުރިއްޔާގެ މިފަދަ ނިންމުންތަކަކީ ރައްޔިތުން ބާރުވެރި ކުރުމަށްޓަކައި، ކުރެވޭ ކަމެއް ގޮތުގައި ޤަބޫލު ނުކުރެވޭ ކަމަށް އެބެފުޅާވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved