March 17, 2026
Advertisement
މޫސުން ގޯސް
މޫސުން ގޯސް / ސޯޝަލް މީޑިއާ

އެކިހިސާބަށް ވިއްސާރަކުރާނެކަމާއި އަދި ގުގުރުން އެކަށީގެންވާކަމަށް މެޓުން ލަފާކޮށްފި

Hussain Nawaf
ހުސައިން ނަވާފް
May 20, 2025, 09:22 PM

އެކިހިސާބަށް ވިއްސާރަކުރާނެކަމާއި އަދި ގުގުރުން އެކަށީގެން ވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސަސް އިން ހާމަކޮށްފިއެވެ.

Advertisement

އެގޮތުން އެކިހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ކެރީގެ އަސަރުވެސް ފޯރުން އެކަށީގެންވާކަމަށް މެޓުން ލަފާ ކުރެއެވެ.



އެއިދާރާއިން ހާމަކުރި ގޮތުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ލަފާ ކުރެއެވެ.



އެގޮތުން ކަނޑުތައް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެކަމާއި ރާޅުތަކުގެ އުސްމިން 4 ފޫޓާއި 7 ފޫޓަށް އަރާނެކަމަށްވެސް މެޓުންވަނީ ލަފާކޮށްފައެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުންވަނީ އިލްތިމާސްކޮށްފައެވެ.

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް މީގެ ކުރިންވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved