March 20, 2026
Advertisement
ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތައް ދައުރުގައި 365 ދުވަސް ބާކީ ނެތް ނަމަ ނުބާއްވާ ގޮތަށް ގެނައި އިސްލާހު ތަސްދީގު ކުރައްވަނީ
ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތައް ދައުރުގައި 365 ދުވަސް ބާކީ ނެތް ނަމަ ނުބާއްވާ ގޮތަށް ގެނައި އިސްލާހު ތަސްދީގު ކުރައްވަނީ / ރައީސް އޮފިސް

ރައީސް މުއިއްޒަށް ތާއީދު ނެތުމުން ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތައް ދައުރުގައި 365 ދުވަސް ބާކީ ނެތް ނަމަ ނުބާއްވާ ގޮތަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި

Hussain Nawaf
ހުސައިން ނަވާފް
May 20, 2025, 11:38 PM

ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ)ގެ މެންބަރުންގެ ހުސްވާ މަގާމުތަކަށް ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

Advertisement

ލާމަރުކަޒީ ގާނޫނަށް 15 ވަނަ އިސްލާހު ގެނައުމުގެ ބިލްގެ ގޮތުގައި މި ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާއެވެ.

ބިލް ފާސްކުރުމަށް މަޖިލީހުގައި ނެގި ވޯޓުގައި ބިލް ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ. އިބްތިދާއީ ބަހުސްގައި ވެސް ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވީ ބިލް ފާސްކުރުމާ ދެކޮޅަށެވެ.

ސަރުކާރުން އިންތިހާބު ނުބާއްވަން ބަހަނާ ދައްކާ ގާނޫނު އިސްލާހު ކުރާތީ އެ ބިލަށް ބަހުސް ކުރައްވަމުން ކަނޑިތީމު ދާއިރާގެ މެންބަރު، އަމީން ފައިސަލް ވިދާޅުވީ މި ވީހައި ދުވަހު އިންތިހާބުތައް ނުބާއްވަން ކުރާ މަސައްކަތް ފިޔަވައި އިތުރު ކަމެއް ހަރަދު ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން ކުރާ ތަން ނުފެންނަ ކަމަށެވެ.

އަދި މިއާއެކު ރައީސް މި ބިލު ތަސްދީގު ކުރުމާއި ގުޅިގެން މާލޭ ޑެޕިއުޓީ މޭޔަރުކަމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް މިދިޔަ 12 މާޗުގައި އިސްތިއުފާ ދެއްވުމުން ހުސްވި އެ މަގާމަށް މީހަކު އިންތިހާބު ކުރާކަށް ނުޖެހޭނެއެވެ.

ސަރުކާރުން ބައެއް އިންތިހާބުތައް މި ވަގުތު ނުބާއްވަން ގާނޫނަށް ބަދަލު މިގެންނަނީ ރައީސް މުއިއްޒު އަށާއި އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ގެއްލިފާ ވާ ދަނޑިވަޅެއްގައި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved