April 26, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ފަނޑިޔާރުންގެ ކްރެޑިބިލިޓީ ގެއްލިފައި ވަނީ ފަނޑިޔާރުންގެ ސަބަބުން: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 21, 2025, 11:30 PM
މާލެ ސިޓީ

ފަނޑިޔާރުން ގެ ކްރެޑިބިލިޓީ ގެއްލިފައި ވަނީ ފަނޑިޔާރުންގެ ސަބަބުން ކަމުގައި ރައިސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މީގެކުރިން ފަނޑިޔާރު ގެއަކީ އެތަނަކުން ރައްޔިތުންނަށް އިންސާފު ހޯދަން ދިޔަ ތަނެއް ކަމުގައި ވީނަމަވެސް އެތަނަކުން މިއަދު ރައްޔިތުންނަށް އިންސާފެއް ނުލިބޭ ކަމުގަ އެވެ.

ފަނޑިޔާރުން ނަކީ އިންސާފު ޤާއިމް ކުރަން ތިބޭ ބައެކޭ! އިންސާފަކީ ދެފަހަރު ދެގޮތަކަށް އޮންނައެއްޗެއް ނޫން އިންސާފަކީ އެކި ތަރާދުން މިނާ އެއްޗެއް ނޫނޭ، ސިޔާސީ މީހުން އެހެން މީހުން ހުރިހާ ގޮތަކަށް ކަންކަން ކުރެވޭ ތޯ ބަލަނީ އެކަމަކު ފަނޑިޔާރުންނަކަށް ނުވާނެ އިންސާފަކީ އެންއިންސާފެއް އެއް މީޒާނަކުން ކިރާ އެއް ދުރާލަކުން ބަރުދަންބަލާ އެއްޗެއް އިންސާފަކީ!

ރައިސް ޔާމީން

01 ފެބްރުވަރި 2018 ގައި ސްޕްރިމް ކޯޓުގެ ބޮޑު ހުކުމަކީ، ދިވެހި ރާއްޖޭގެ އެއްވެސް ޤާނޫނީ ވަކީލެއް އެހުކުމަށް އެއްބަސް ވާހުކުމެއް ނޫން ކަމުގަޔާއި އެއަމުރަކީ ޤާނޫނީ އަމުރެއް ނޫން ކަމުގައި އެމަނިކުފާނުވަނީ ވިދާޅުވެފަ އެވެ.

ސްޕްރިމް ކޯޓުން ކޮށްފައިވާ މި ހުކުމަކީ، ރިޝްވަތުނަގައިގެން ކޮއްފައިވާކަމެއް ކަމުގައި އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އަދި މިއީ ޤާނޫނީ އަމުރަކަށް ނުވާއިރު މިއަމުރާއި ގުޅިގެން މިއީ ރަނގަޅު ހުކުމެއް ކަމުގައި ޤާނޫނީ އެއްވެސް ވަކީލަކު ގަބޫލު ނުކުރާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ސްޕްރިމްކޯޓުގެ މި އަމުރާއި ގުޅިގެން ތަހުޤީގީ އެއްވެސް އިދާރާއަކަށް ފަނޑިޔާރު ގޭ އެއްވެސް ބޭފުޅަކު ނުގެން ދެވޭނެ ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ފަނޑިޔާރުން ގެ ސުލޫކީ މައްސަލަތައް ބަލާނީ ޖޭއެސްސީއިން ކަމުގައި ވަނީ ޤާނޫނު އަސާސީން ކަނޑައަޅައިފައެެވެ. އެހެން ކަމުން މިއަމުރާއި ގުޅިގެން ސްޕްރިމް ކޯޓަކަށް ޖޭއެސްސީ ގެ އެއްވެސް ފަނޑިޔާރެއް ހާޒިރު ނުކުރެވޭނެ ކަމުގައި އެމަނިކުފާނުވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved